ރަލާއި އޫރުމަސް ރާއްޖެއަށް އެތެކުރުން މަނާކުރާ ބިލު ފާސްކޮށްފިނަމަ ރާއްޖޭގެ އިގްތިޞާދަށް ހީވެސް ނުކުރާހާ ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ޓޫރިޒމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ ރާއްޖެއަށް ރަލާއި އޫރުމަސް އެތެރެކުރުން މަނާކުރާ ބިލާ ގުޅިގެން މިއަދު އެކޮމެޓީގައި ވާހަކަ ދައްކަވަމުން ޓޫރިމްޒަމް މިނިސްޓަރ ވިދާޅުވީ ރަލަކީ ރާއްޖޭ ޓޫރިޒަމްގައި ވަރަށް މުހިއްމު ދައުރެއްއަދާކުރާ އެއްޗެއް ކަމަށާއި ރާއްޖެއަށް ރަލާއި އޫރުމަސް އެތެރެކުރުން ކުއްލިއަކަށް މަނާކޮށްފިނަމަ ރާއްޖޭގެ ޓޫރިޒަމްގެ އިތުރުން ރާއްޖޭގެ އިގްތިޞާދަށް ވަރަށްބޮޑު ލޮޅުމެއް އަންނާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރ އިތުރައް ވިދާޅުވީ "ރާއްޖޭގެ އާމްދަނީއަށް ބަލާއިރު 60 އިންސައްތަ އަކީ ޓޫރިޒަމް އިންޑަސްޓްރީން ލިބޭ ފައިސާ ކަމަށާއި ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ 90 އިންސައްތަ ބޭރުފައިސާ އެތެރެވަނީ ޓޫރިޒަމް އިންޑަސްޓްރީން ކަމަށެވެ."
ދިވެހިރާއްޖެ އަށް އެތެރެ ކުރުން މަނާ ތަކެތީގެ ގާނޫނަށް އިސްލާހުގެ ބިލް، ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދުއެވެ. މަޖިލީހަށް މިބިލް ބަލައިގެންފައިވަނީ 24 ވޯޓުންނެވެ. ވަކިކޮޅަކަށް ވޯޓް ނުދައްވާ 11 މެންބަރުން ތިއްބެވެ. ވޯޓް އެއްވަރުވުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވޯޓް ދެއްވީ އެ ބިލް މަޖިލީހަށް ބަލައިގަތުމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...