އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިސްލާމީ ޝަރިއްޔާގެ ފިޤްހުގެ އެންމެ ބޮޑު އެންސައިކްލޮޕީޑިއާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް އިސްޓަޑީސް އަށް ހަދިޔާކޮށްފިއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މި ފޮތަކީ އިސްލާމީ ޝަރީއަތުގެ ވަރަށް މުޙިއްމު ފޮތެއްކަމަށް ވުމާއި މިފޮތް ރާއްޖެއިން ލިބެން ނެތުމުން ރާއްޖޭގައި ތަޢުލީމް ދޭ ތަންތަނަށް މި ފޮތް ހަދިޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިގޮތުން މިފޮތް އެންމެ ފުރަތަމަ ފެކަލްޓީ އޮފް އިސްލާމިކް އިސްޓަޑީސްގެ ލައިބްރަރީ އަށް ހަދިޔާ ކުރެއްވީ ކަމަށެވެ.
މި ފޮތުގެ އިތުރުން އިސްލާމިކް ޝަރީއާގެ ފަތުވާތައް ވެސް ފެކަލްޓީ އޮފް އިސްލާމިކް އިސްޓަޑީސްގެ ލައިބްރަރީ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
ޑރ ޝަހީމް އިތުރަށް ވިދާޅުވީ މިފޮތް ފެކަލްޓީ އޮފް އިސްލާމިކް އިސްޓަޑީސްގެ އިތުރުން އެކިއެކި ފެކަލްޓީތަކަށާއި ތަޢުލީމީ މުއައްސަސާ ތަކަށް ހަދިޔާ ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.
އިސްލާމިކް ފިޤްހް އެންސައިކްލޮޕީޑިއާ އަކީ އިސްލާމީ ޝަރީއަތުގެ ފިޤްހާ ބެހޭގޮތުން ތައްޔާރު ކުރެވިފައިވާ އެންމެ ބޮޑު އެންސައިކްލޮޕީޑިއާ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...