އެސްޓީއޯއިން ހިޓާޗީ ބްރޭންޑަށް ހާއްސަކޮށްގެން "ހިޓާޗީ މެގަ ޕްރޮމޯޝަން" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ 24 އޭޕްރީލް 2013 އިން 5 ޖޫން 2013 ދުވަހުގެ ނިޔަލަށް ގެންދާ އެ ޕްރޮމޯޝަންގައި 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ގޮތަށް ހަމަޖެހިފައިވާކަމަށެވެ. އެސްޓީއޯއިން ބުންޏެވެ. އަދި ހިޓާޗީ ބްރޭންޑްގެ ކޮންމެ އުފެއްދުމެއް ގަނެގެން ވެސް ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.
ޕްރޮމޯޝަންގައި ބައިވެރިވެ 1000ރ. އަށް ވުރެ މަތީގެ ވިޔަފާރިއެއް ކުރައްވާ ކޮންމެ މީހަކަށް ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ވުމުގެ ގުރުއަތުގައި ބައިވެރިވުމަށް ކޫޕަނެއް ދެވޭނެ ކަމަށާއި ގުރުއަތުން ހޮވޭ ނަސީބުވެރިންގެ ތެރެއިން އެއްވަނަ އިނާމަކަށް ދެ މީހެއްގެ އުމްރާ ދަތުރު ލިބޭ އިރު ދެވަނަ އިނާމަކަށް 15000 ރުފިޔާގެ "ގިފްޓް ވައުޗާ" އަދި ތިންވަނަ އަށް އަންނަ ފަރާތަކަށް 10000 ރުފިޔާގެ "ގިފްޓް ވައުޗާ" ލިބޭނެ އެވެ.
އެސްޓީއޯ އިން ގަންނަ ހިޓާޗީ ބްރޭންޑުގެ އުފެއްދުންތަކަށް އެއް އަހަރާއި ހަ މަސް ދުވަހުގެ ފުލް ވޮރެންޓީ ލިބިގެންދާ އިރު އެތަނުން ބައްލަވައިގަންނާވާ މުދާތައް މާލޭގެ ކޮންމެ ތަނަކަށް ވެސް ހިލޭ ގެންގޮސްދެވޭނޭ ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...