ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ބިލަށް އާއްމުންގެ ޚިޔާލް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮމިޓީން މިހާރު ދިރާސާކުރަމުންދާ ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ ނިޔަލަށް ހުޅުވައިލާފައި ވާކަމަށެވެ.
މި ބިލް މަޖިލީހަށް ހުށައަޅާފައި ވަނީ ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާދަމް އެވެ.
ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ބިލުގައި ބުނެފައިވާ ގޮތުން މީހާ ދައްކާ ވާހަކައަކުން، ބުނާ ބަހަކުން، ލިޔާ ލިޔުމަކުން، ދައްކާ ކުރެހުމަކުން އަދި އިއްވާ އަޑަކުން ވެސް ޖިންސީ ފުރައްސާރައެއް ކަމުގައި ބެލެވިދާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...