ރާއްޖޭގެ ޚަބަރު ޙައްޖަށް މީހުން ނުދެވޭނެ ކަމަށް ބުނެ ޚަބަރުތައް ޝާއިޢު ކުރުމަކީ ޒިންމާދާރުކަން ކުޑަކަމެއް: ޑރ ޝަހީމް

ޙައްޖަށް މީހުން ނުދެވޭނެ ކަމަށް ބުނެ ޚަބަރުތައް ޝާއިޢު ކުރުމަކީ ޒިންމާދާރުކަން ކުޑަކަމެއް: ޑރ ޝަހީމް

ޙައްޖަށް މީހުން ނުދެވޭނެ ކަމަށް ބުނެ ޚަބަރުތައް ޝާއިޢު ކުރުމަކީ ޒިންމާދާރުކަން ކުޑަކަމެއް: ޑރ ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރު ޙައްޖަށް މީހުން ނުދެވޭނެ ކަމަށް ދޭހަވާ ގޮތަށް ނޫސްތަކުގައި ޚަބަރުތައް ޝާއިޢު ކުރުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅިގެން ޑރ. ޝަހީމް އިތުރަށް ވިދާޅިވީ ﷲ އިރާދަކުރެއްވިއްޔާ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެއިން މީހުން ޙައްޖަށް ދާނެ ކަމަށާއި މީހުން ޙައްޖަށް ނުދެވޭނެ އެއްވެސް ގޮތެއް އިރާދަކުރެއްވިއްޔާ ނުވާނެ ކަމަށެވެ.

ޑރ ޝަހީމް އިތުރަށް ވިދާޅުވީ ބައެއް ޖަމާޢަތްތަކުން، މީހުން ޙައްޖަށް ގެންދިއުމުގެ ފުރުޞަތު ނުލިބުމުން މައްސަލަ ކޯޓަށް ގެންދިއުމުގެ ސަބަބުން މިކަމަށް ދިމާވެފަވާ ދަތިތައް އަވަސް ގޮތެއްގައި ހައްލުވެގެންދާނެ ކަމަށް އެބޭފުޅާ ޔަޤީން ކުރައްވާ ކަމަށެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީއަކީ ބަލިކަށި ތަނެއްގެ ގޮތުގައި އެއްވެސް ފަރާތަކުން ނުދެކުމަށް ޑރ ޝަހީމް ވަނީ އެދިވަޑައިގެންފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.