ރާއްޖޭގެ ޚަބަރު ސަރުކާރުގެ ބަޖެޓް މިއަދު އޮތީ ވަރަށް ހާލުގައި: ރައިސް ވަޙީދު

ސަރުކާރުގެ ބަޖެޓް މިއަދު އޮތީ ވަރަށް ހާލުގައި: ރައިސް ވަޙީދު

ސަރުކާރުގެ ބަޖެޓް މިއަދު އޮތީ ވަރަށް ހާލުގައި: ރައިސް ވަޙީދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވޭތުވެދިޔަ ތާގައި، އިންތިޚާބަކާ ކުރިމަތިވާއިރަށް، ވަރަށްގިނަ ބޮޑެތި ކަންތައްތަކެއް ސަރުކާރުން ކުރަމުންގެންދާ ކަމަށާއި އަދި ލިބޭ އެއްޗަކަށްވުރެ ގިނައިން ޚަރަދު ކުރުމުގެ ސަބަބުން އޮންނަނީ އަބަދުވެސް ދަރަނިވެރިވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަޙީދު މިހެން ވިދާޅުވީ މާލެއަތޮޅު ތުލުސްދުއަށް މިއަދު ހެނދުނު ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަޙީދު އިތުރަށް ވިދާޅުވީ އަހަރަކަށްފަހު އަހަރެއް ޑެފިސިޓް ބަޖެޓްގައި އުޅެން ޖެހުމުން، ސަރުކާރުގެ ބަޖެޓް މިއަދު އޮތީ ވަރަށް ހާލުގައިކަށާއި ސަރުކާރުގެ ދަރަނި ކުޑަކުރެއްވުމަށްޓަކައި މިދިޔަ ދޮޅުއަހަރު ދުވަހުގެ ތެރޭގައި ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަޙީދު ވިދާޅުވީ ސަރުކާރުން އެކި ފަރާތް ފަރާތަށް، އެކިއެކި ކުންފުނިތަކަށާއި، އެކިއެކި ފަރުދުންނަށް ދޭންޖެހޭ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން ނުދައްކާ ހުރި ފައިސާގެ ޢަދަދު، މިވޭތުވެދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި، 1.6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި އެހެން ނަމަވެސް، މިވޭތުވެދިޔަ ދޮޅުއަހަރު ދުވަހުގެ ތެރޭގައި، 1.6 ބިލިއަން ރުފިޔާގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ ފައިސާ ބިލްތަކަށް ދައްކަވާފައިވާކަމަށެވެ.

އަދި ނަގާފައި ހުރި ލޯނުތަކުގެ ތެރެއިން 100 މިލިއަން ޑޮލަރުގެ ލޯނު، ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދައްކާފައިވާ ކަމަށާއި އަދި ބޭރު ޤައުމުތަކުން ނަގާފައި ހުރި ލޯނުތަކަށް ގަވާއިދުން ދައްކަންޖެހޭ ފައިސާވެސް ދައްކަމުން ގެންގޮސްފައިވާނެ ކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ.

އަދި ހަމަ މިއާއެކު އަޅުގަނޑުމެން ދިވެހިންނަކީ މީހުންނަށް ދަރާއުޅޭ ބައެއް ނޫން ކަމަށާއި އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ނަގާ އެއްޗެއް އަނބުރާ ދައްކާ ބައެއް ކަމަށާ މިހާތަނަށް ދިވެހިރާއްޖެއިން ދައްކަންޖެހޭ ފައިސާއެއް، އެއްވެސް ފަރާތަކަށް ނުދައްކައެއް ނޯންނާނެ ކަމަށް ރައީސް ވަޙީދުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.