ވަކި ފިކުރަކަށް ތާއީދުކުރާތީ، ވަކި ޕާޓީއަކަށް ތާއީދުކުރާތީ ނޫނީ ވަކި ޕާޓީއަކަށް ތާއީދު ނުކުރާތީ، ރަށަކަށް އަންނަންޖެހޭ ތަރައްޤީގެ މަޝްރޫޢުތައް ހިފެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މާލެއަތޮޅު ތުލުސްދުއަށް މިއަދު ހެނދުނު ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަޙީދު އިތުރަށް ވިދާޅުވީ ސިޔާސީ މީހުންގެ ދޭތެރޭގައި އޮތް ވާދަވެރިކަމާއި ދެކޮޅުވެރިކަމުގެ ތެރޭގައި، ޤައުމު ފިތިފައި އޮވެގެނެއް ނުވާނެ ކަމަށާއި ޤައުމަށް ގެންނަންޖެހޭ ކުރިއެރުން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހިފެހެއްޓިގެނެއް ނުވާނެ ކަމަށެވެ.
މިމޭރަމުން ވާހަކަފުޅު ދައްކަވަމުން ތުލުސްދޫގެ ރައްޔިތުންނާ މުހާތަބުކޮށް ރައިސް ވަޙީދު އިތުރަށް ވިދާޅުވީ ތުލުސްދޫގެ ތަރައްޤީގެ މަޝްރޫޢުތައް ނުހިންގައި ހިފެހެއްޓިފައި އޮތީ، ސިޔާސީގޮތުން އައި ބަދަލުތަކާ ގުޅިގެން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...