ރާއްޖޭގެ ޚަބަރު ޝެއިޚް ޝަހީމް، ޕީއެޗްޑީ ހާސިލް ކުރައްވައިފި

ޝެއިޚް ޝަހީމް، ޕީއެޗްޑީ ހާސިލް ކުރައްވައިފި

ޝެއިޚް ޝަހީމް، ޕީއެޗްޑީ ހާސިލް ކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް މިނިސްޓާރ އައްޝައިޚް މުހައްމަދު ޝަހީމް އަލީ ސަޢީދު ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލް ކުރައްވައިފިއެވެ.

ޑރ. ޝަހީމް ޕީއެޗްޑީ ހާސިލް ކުރެއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާއިންނެވެ. އޭނާ ޑޮކްޓަރ އޮފް ފިލޯސަފީ ނެންގެވުމުގައި ދިރާސާ ކުރެއްވީ ނުވަތަ ތީސީސް ލިޔުއްވީ މިޒަމާނުގެ ފިގުހުގެ އިޖުތިހާދުގެ އަލީގައި ދިވެހި ރާއްޖޭގެ ޒަކާތުގެ ނިޒާމް ހަރުދަނާ ކުރުމާ ބެހޭގޮތުންނާއި އަދި އިސްލާމީ ޝަރީއަތުގެ މައްޗަށް ގައުމު ހިންގާނެ ގޮތުގެ މައްޗަށެވެ. މި ތީސީސް ޝާއިޢު ކުރުމަށް ޔުނިވަރސިޓީއިން ރިކަމެންޑް ކޮށްފައިވެއެވެ. މީގެ އިތުރުން ޑރ. ޝަހީމް ވަނީ އެ ޔުނިވަރސިޓީއިން ފާހަގަކުރި އެންމެ ރަނގަޅު ޕީއެޗްޑީ ކެނޑިޑޭޓުންގެ ތެރޭގައި ވެސް ހިމެނިފައެވެ.

"އަލްޙަމްދުލިﷲ އަޅުގަނޑު ޕީއެޗްޑީ ވީވާއިން ފާސްވެއްޖެ. އަދި އަޅުގަނޑުގެ ތީސީސް ޝާއިޢު ކުރުމަށް ޔުނިވަރސިޓީއިން އެދުނު. މަންމަ އާއި ބައްޕަ ކުރި ހެޔޮ ދުޢާ އާއި އަންހެނުންގެ އެހީތެރިލަމަށް ޝުކުރުވެރިވަން. އަދި އެންމެހާ ރައްޓެހިންނަށް ހެޔޮ ދުޢާ އާއި ޝުކުރު ދަންނަވަން" ޕީއެޗްޑީ ވީވާގެ ނަތީޖާ ލިބުމަށް ފަހު އިސްލާމިކް މިނިސްޓާރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައިވެއެވެ. އަދި މީގެ އިތުރުން އަދާލަތު ޕާރޓީގެ ރައީސް އައްޝެއިޚް އިމްރާން އަބްދުﷲ އަށާއި އައްޝެއިޚް މުޙައްމަދު ދީދީ އަށްވެސް ޑރ. ޝަހީމް ވަނީ ޝުކުރު ދަންނަވާފައެވެ.

ޑރ. ޝަހީމް ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާއިން މާސްޓަރސް ޑިގްރީ ވެސް ހާސިލްކޮށްފައެވެ. މާސްޓަރސް ޑިގްރީ ނެންގެވުމުގައި ދިރާސާ ކުރެއްވީ ނުވަތަ ތީސީސް ލިޔުއްވީ ފިޤްހީ ނަޒަރަކުން ޑީއެންއާ ބެހޭގޮތުންނެވެ. ޑރ. ޝަހީމް ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވަނީ މަދީނާ ޔުނިވަރސިޓީއިންނެވެ.

އިސްލާމިކް މިނިސްޓާރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އަކީ ޢަދާލަތު ޕާރޓީގެ އިސް ތަރުޖަމާނެވެ. އަދި ވިލާ ކޮލެޖްގެ ޝަރީޢާ ފެކަލްޓީގެ ޑީން ކަންވެސް ކުރައްވާފައިވާ އަދި ކުރީ ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަން ވެސް ކުރައްވާ އަދި އަމާނާ ތަކާފުލް އިސްލާމިކް އިންޝުރެންސް ކުންފުނީގެ ޝަރީޢާ ބޯރޑް މެންބަރަކަމުގެ އިތުރުން އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ގަވަރނަރ ވެސް މެއެވެ. މީގެ އިތުރުން ޑރ. ޝަހީމް އަކީ "ވަމީ" އިން ރާއްޖެއަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު އެވެ.

ޑރ. ޝަހީމް ޕީއެޗްޑީ ހަދަން ފަށާފައިވަނީ 2010 ވަނަ އަހަރުގެ ޑިސެމްބަރ ގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.