8 އަހަރަށް ފަހު ޝެއިހް ފަރީދު ހުކުރު ޚުތުބާ ދެއްވައިފިއެވެ.
ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި ޝެއިހް އިބްރާހިމް ފަރީދު އަހުމަދު ވަނީ އައްޑޫގައި ހުކުރު ހުތުބާ ދެއްވާ އިމާމްވެ ހުކުރު ކުރައްވާފައެވެ. ފޭދޫ ހުކުރު މިސްކިތުގައި ޝެއިހް ފަރީދު ހުކުރު ކުރެއްވި އިރު ގިނަ ބަޔަކު ޝެއިހްގެ ހުތުބާ އަޑުއަހަން އައިސްތިބި ކަމަށް ހަބަރު ލިބެއެވެ. ބަލައިގެން ކިޔާފައިވާ ހުތުބާ ކިޔާފައިވަނީ 'ވަރަށް ފުރިހަމައަށް އަސަރާއި އެކުގައި"ކަމަށް އައްޑޫ ރައްޔިތަކު ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ހާމަކުރިއެވެ.
ވޭތުވެދިޔަ ސަރުކާރުން ޝެއިހް ފަރީދުއަށް ދީނީ ދަރުސް ދިނުމާއި ހުތުބާ ވިދާޅުވުމުގެ ހުއްދަ ބާތިލްކޮށްފައި އޮތުމަށްފަހު ސަރުކާރު ބަދަލުވުމުން ޝެއިހް ފަރީދުއަށް ވަނީ ދަރުސް ދިނުމުގެ ހުއްދަ ދީފައެވެ. އަދި ދާދިފަހުންވަނީ ހުތުބާ ކިޔުމުގެ ހުއްދަ ދީފައެވެ.
ފޮޓޯ: މީގެ އެތައް އަހަރެއްކުރިން އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދަށްފަހު ޝެއިހް ފަރީދު ސަލާމް ކުރައްވަނީ.

ކޮމެންޓް (0)
ލޯޑް ކުރަމުން...