ރާއްޖޭގެ ޚަބަރު ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ރައީސްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ރައީސްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ރައީސްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ބޮސްޓޮންގައި އިއްޔެ ކުރިއަށް ދިޔަ މެރަތަންގެ ތެރެއިން ދިން  ބޮމުގެ ޙަމަލާގައި  ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމެރިކާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ގިނަ ޢަދަދެއްގެ މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި މި ފިނޑި ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައިވެއެވެ އަދި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހިން ތިބީ އެމެރިކާގެ ރައްޔިތުންނާއެކުގައިކަން ފާހަގަކުރައްވަމުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސް އޮބާމާއަށާއި، އެމެރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޓެރަރިޒަމްގެ ޢަމަލާ ދެކޮޅަށް ދުނިޔެކުރާ ހަނގުރާމައިގައި ދިވެހިރާއްޖެ ސާބިތުވެ އޮންނާނެ ކަމުގެ ޔަޤީންކަން އެމެރިކާގެ ރައީސަށް ދެއްވާފައިވެއެވެ. އަދި ޓެރަރިޒަމްގެ ސަބަބުން ލިބެމުންދާ ހިތާމައާއި ހިތްދަތިކަން މުޅި ދުނިޔެއަށް މިދަނީ ފެންނަމުން ކަމުގައި ވިދާޅުވެ، ޓެރަރިޒަމަކީ ދުނިޔޭގެ ހަމަޖެހުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ފަހަތަށް ޖައްސާލާ ކަމެއް ކަމުގައި ރައީސްގެ މެސެޖުގައިވެއެވެ. އަދި ޓެރަރިޒަމް ނައްތާލުމަށްޓަކައި، މުޅި ދުނިޔެ އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ޓެރަރިޒަމްގެ ސަބަބުން، އަޅުގަނޑުމެންގެ ކުށެއް ނެތް ރައްޔިތުންނަށް ލިބެމުންދާ ހިތާމަތަކަށް އަޅާނުލާ ތިބެވޭކަށް ނެތްކަމާއި، މިވަގުތަކީ މިކަމާ ދެކޮޅަށް ތެދުވެ ފިޔަވަޅު އަޅަންވީ ވަގުތުކަން، އެމެރިކާއަށް މި ދިން ނުރައްކާތެރި ޙަމަލާއިން އެނގޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ޞުލްޙަމަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމަށްޓަކައި އެމެރިކާއިން ކުރަމުން އަންނަ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނޭ ކަމުގައި ރައީސުލްޖުމްހޫިރއްޔާ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އެކި ޤައުމުތަކުން 27،000 އެއްހާ މީހުން ބައިވެރިވި މިއިވެންޓުގައި ދިން ބޮމުގެ ޙަމަލާގައި ތިން މީހުން މަރުވެ، 100 އެއްހާ މީހުންނަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.