ޙައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށް މިހާރު ގޭބަންދަށް ބަދަލުކޮއްފައި ހުރި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއީލް ޢަބްދުއްލަތީފްއާއި ބައްދަލުކުރުމަށް ކަމަށް ބުނެ، އޭނާގެ ބައްޕަ އަތަމާ އަބްދުއްލަތީފްގެ ގޭތެރެއަށް މިރޭ ބަޔަކު ވަދެ ނުރުހުން ފާޅުކޮށްފި އެވެ.
އަތަމާ ހައްޖު އޮފީސް ހުންނަ މ.މެޑޯޒް ގެޔަށް ބަޔަކު ވަދެ ނުރުހުން ފާޅުކުރި މީހުން ބުނަމުން ދިޔައީ އިސްމާއީލް ޢަބްދުއްލަތީފް އާ ބައްދަލުކޮށް އެކަމަށް އެދެވޭ ޖަވާބެއް ލިބުމުން ނޫނީ އިހްތިޖާޖު ނުހުއްޓާނެ ކަމަށެވެ. ނަމަވެސް ފުލުހުން ގޮސް އެމީހުން ވަނީ އެ ގޭތެރެއިން ނެރެ އެ މަގު ވެސް ބަންދު ކޮށްފަ އެވެ.
މަލީޝާ ޖަމާއަތުން 126 މީހުން ހައްޖަށް ގެންދަން މިދިޔަ އަހަރު ހުއްދަ ދިން އިރު 175 މީހެއްގެ އަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވިފައިވެއެވެ. އެ ޖަމާއަތުން ނެގި ފައިސާގެ ޖުމުލަ ގާތްގަނޑަކަށް 12 މިލިއަނަށް އަރަ އެވެ. މަލީޝާ އިން ހީލަތް ހެދުމުގެ ސަބަބުން މިދިޔަ އަހަރު ހައްޖަށް ނުދެވުނު މީހުންނަށް މިއަހަރުގެ ކޯޓާއިން ރިޒާވްކޮށްފައި ވިޔަސް އެ މީހުންނަށް ފައިސާ ހަމަޖެހޭނެ ގޮތެއް އަދި ވެފައި ނުވާތީ އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...