މ.އިގްލީމްގެއިން ކުއްޔަށް ދީފައިވާ ކޮޓަރިއެއް ބަލައި ފާސްކޮށް ހަށިވިއްކަމުން ދިޔަ ކަމަށް ބެލެވޭ ބަނގުލަދޭޝް 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަނގުލަދޭޝް 2 ފިރިހެނަކާއި އަންހެނެކެވެ. މީގެތެރޭގައި ހިމެނެނީ 52 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނެކެވެ.
ބަނގުލަދޭޝްގެ 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރަކާއެކު ރޭ 19:20 ހާއިރު އެކޮޓަރި ބަލައި ފާސްކުރިއިރު އެވަގުތު އެތަނުގައި ތިބިމިހުން ބަދުއަޚްލާޤީ ޢަމަލު ހިންގަމުން ދަނިކޮށްކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...