.އިސްލާމީ ހައްދު ފަހަނައެޅި މީހުންގެ މަގުފުރެދިފައިވާ ވިސްނުން ފަތުރަމުންދާކަމަށް ރައީސް ނަޝީދު ޑެންމާކުގައި ވިދާޅުވެއްޖެ
ބަޣާވާތަކުން ވެރިކަން ބަދަލުވުމަށްފަހު ސަރުކާރުގެ ތިން ވުޒާރާއެއް "އިސްލާމީ ހައްދުފަހަނައެޅި މީހުން"ގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެބައިމީހުން އަވަދިނެތި މަސައްކަތްކުރަމުންދަނީ "އސްލާމީ ހައްދުފަހަނައެޅި މީހުން"ގެ އަމިއްލަ "މަގުފުރެދިފައިވާ ދީނީ" ވިސްނުން އާންމު ރައްޔިތުންނަށް ދަސްކޮށްދިނުމަށް ކަމަށް، ޑެންމާކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އެޤައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޢަދާލަތު ޕާޓީއަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި "އިސްލާމީ ހައްދު ފަހަނައެޅި މީހުންނަށް" ކާމިޔާބުވެފައިނުވާއިރު 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެބައިމީހުންނަށް އެއްވެސް ގޮނޑިއެއް ލިބިފައިނުވާ ކަމަށެވެ.
“އެމީހުން 2008 ވަނަ އަހަރުގެ ތެރޭގައި ބޭއްވި ރިޔާސީ އިންތިހާބުން ވަނީ ފެއިލްވެފައި، 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމީހުންނަށް އެއްވެސް ގޮނޑިއެއް ނުލިބޭ، ހަމައެގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް، އެމީހުންނަށް ލިބުނީ ވެސް އެ އިންތިހާބުގައި އެންމެ %4 އަށް ވުރެން މަދުން ވޯޓު.” ރައީސް ނަޝީދު ވިދާޅުވި އެވެ.
ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި "އިސްލާމީ ހައްދުފަހަނަ އެޅި މީހުންނަށް" ރާއްޖެއަށް ގެނައި އާ ޑިމޮކްރަސީ ކަމުގޮސްފައިނުވާ ކަމަށާއި އެމީހުންނަށް ޑިމޮކްރަސީ ކަމުގޮސްފައިނުވަނީ އެމީހުންނަށް ތާއީދު ނެތީމާ ކަމަށެވެ. އަދި އެއީ އެއްވެސް ވަރަކަށް އިންތިޚާބެއްގައި ވާދަވެރިބައެއް ނޫންކަމަށްވެސް ރައީސް ނަޝީދު ސިފަކުރައްވާފައިވެއެވެ.
އަދި ދާރުލްއާޘާރުގައިވާ ރާއްޖެ އިސްލާމްވުމުގެ ކުރީގެ ބުދުތައް ތަޅާލާފައިވަނީވެސް "އިސްލާމީ ހައްދުފަހަނައެޅި މީހުން" ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ ތާލިބާނުން އަފްޣާނިސްތާނުގައި ހުރި ބުއްދާގެ ބޮޑު ބުދު ގޮއްވާލުމާ އަދި ހަރުކަށި މީހުން މާލީގައި ޓިމްބުކްޓޫގެ މެދު ޒަމާނުގެ އަސަރުތައް ތަޅާލުން ފަދަ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...