ރާއްޖޭގެ ޚަބަރު ޒިނޭގެ ކުށް ސާބިތުވި، 15 އަހަރު ކުއްޖާގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދަައްކަވައިފި

ޒިނޭގެ ކުށް ސާބިތުވި، 15 އަހަރު ކުއްޖާގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދަައްކަވައިފި

ޒިނޭގެ ކުށް ސާބިތުވި، 15 އަހަރު ކުއްޖާގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދަައްކަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ޒިނޭގެ ކުށް ސާބިތުވާ ކަމަށް ނިންމައި ހައްދު ޖަހަން ހުކުމްކުރި 15 އަހަރުގެ ކުއްޖާގެ ދިފާއުގައި ކުރީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

ޑެންމާކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ ދޮން ބައްޕަގެ ޖިންސީ ޝިކާރައަކަށްވެ، މާބަނޑުވެގެން ވިހޭ ދަރިފުޅު، ދޮން ބައްޕައާއި މަންމަ ގުޅިގެން މަރާލުމުން، އެ 15 އަހަރުގެ ކުއްޖާ ޒިނޭކުރި ކަމަށް ނިންމައި ހައްދު ޖަހަން ހުކުމް ރައްދުވާ ކުއްޖާއަށް ޓަކައި ކުރިމަތިލެއްވި އިންތިހާބެއް ކަމަށެވެ.

"މި އިންތިހާބަކީ އެކި ފަހަރު މަތިން ދޮން ބައްޕަ ރޭޕްކުރި އަންހެން ކުއްޖާއަށްޓަކައި ކުރިމަތިލާ އިންތިހާބެއް. އެކުއްޖާ ރޭޕްކޮށް، މާބަނޑުވެ، ވިހެއުމުން އެކުއްޖާގެ މަންމަ އާއި ދޮން ބައްޕަ ދަރިފުޅު މަރާލި. އެއަށްފަހު، އަދުލް އިންސާފާއި އިންސާނިއްޔަތު ކަމާ ކަނޑައެޅިގެން ދެކޮޅަށް އެ ކުއްޖާގެ މައްޗަށް ޒިނޭގެ ހުކުމް ސާބިތުކޮށް، އެކުއްޖާގެ ގައިގާ ހައްދު ޖަހަން ރާއްޖޭގެ ކޯޓަކަށް ހުކުމް ކުރި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޑެންމާކުގެ ވެރިރަށް ކޮޕެންހޭގަންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރައީސް ނަޝީދު ޔުނިވާސިޓީ އޮފް ކޮޕެންހޭގަންގައި ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮޕެންހޭގަން ޔުނިވާސިޓީގައި އެމަނިކުފާނު ވާހަކަދައްކަވާނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން ނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.