ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ނަގަން ޖެހޭނީ ސިއްރު ކުރުމެއްނެތި ކަމަށް އާންމު ކޮމެޓީން ނިންމައިފިއެވެ.
ވޯޓު ސިއްރުކުރުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ވޯޓު ނެގުމުގެ މައްސަލައިގައި އަމަލުކުރާނެ ގޮތް ސާފުކުރުމަށް މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ ވަނީ އާންމު ކޮމެޓީއަށް ފޮނުވާފައެވެ.
މިއަދު ކޮމެޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ގަވާއިދަށް އިތުރު އިސްލާހެއް ގެންނަން ނުޖެހޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރެވިފައިވާ މާއްދާތައް އިސްލާހުކުރުމުގެ ކުރިން އެ މާއްދާތައް އޮތްގޮތަށް އަމަލު ކުރުމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...