ލ. މާމެންދޫގައި ގެއްލިގެން ހޯދަމުންދިޔަ އެއް އަހަރާ 10 މަހުގެ ފިރިހެން ކުއްޖެއް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
މިކަމާ ގުޅިގެން މާމެންދޫ ކައުންސިލް އިދާރާއިން ހާމަކުރިގޮތުގައި މި ތުއްތު ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް އެކުއްޖާ މަރުވެފައި އޮއްވައި ފެނިފައިވަނީ ގޮނޑުދޮށުގައި ރާޅުޖަހާ ފަށުގައި އޮއްވައި ހެނދުނު 10:30 ހާއިރު ކަމަށާ އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ކައުންސިލް އިދާރާއިން ހާމަކުރެއެވެ.
ކައުންސިލް އިދާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެ ތުއްތު ކުއްޖާ ގެއްލުނީ އެކުއްޖާގެ މަންމަ ފިހާރައަށް ދަމުން އެކުއްޖާގެ ބައްޕައާ ހަވާލުކޮށްފައި ދިޔަވަގުތު ކަމަށާއި އެކުއްޖާ ގޭގައި ނެތްކަން އެނގުނީ ތުއްތު ކުއްޖާގެ މަންމަ އެނބުރި އައިސް ކުއްޖާ ކޮބައިތޯ އެހުމުން ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...