ރާއްޖޭގެ ޚަބަރު ކޯޓާ ބަހާފައި ވަނީ އޭޖީ އާއި އޭސީސީގެ ލަފާ ހޯދައިގެން: އިސްލާމިކް މިނިސްޓްރީ

ކޯޓާ ބަހާފައި ވަނީ އޭޖީ އާއި އޭސީސީގެ ލަފާ ހޯދައިގެން: އިސްލާމިކް މިނިސްޓްރީ

ކޯޓާ ބަހާފައި ވަނީ އޭޖީ އާއި އޭސީސީގެ ލަފާ ހޯދައިގެން: އިސްލާމިކް މިނިސްޓްރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ކުންފުނިތަކަށް ކޯޓާ ބަހާފައި ވަނީ އެޓާނީ ޖެނެރަލް އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ލަފާ ހޯދައިގެން ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ދީދީ ވިދާޅުވެފައި ވަނީ ހައްޖަށް ގެންދިއުމަށް އެދި ހުށަހެޅި ބައެއް ޕްރޮޕޯސަލްތައް މިނިސްޓްރީ އަށް ބަލައިގެންފައި ވަނީ ކުންފުނިތަކުން ހުށަހަޅަން ޖެހޭ ބައެއް ލިޔެކިޔުންތައް ހުށަނާޅަނީސް ކަމަށެވެ. އަދި އެކަމަކީ މިނިސްޓްރީ އަށް އިދާރީ ގޮތުން ހެދުނު "ގޯހެއް" ކަމަށާއި ނަމަވެސް ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި އެ ޕްރޮޕޯސަލްތައް ނުހިމަނާ ކަމަށް ވެސް މުޙައްމަދު ދީދީ ވިދާޅުވިއެވެ.

މުހައްމަދު ދީދީ އިތުރަށް ވިދާޅުވީ ބައެއް ކުންފުނިތަކުން ހުށަހަޅަން ޖެހޭ ސިޓީއާ ނުލައި ހަ ކުންފުންޏަކުން ހުށަހެޅި ޕްރޮޕޯސަލަށް ނުބެލީ އެންޓި ކޮރަޕްޝަން ކޮމިޝަން އާއި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިންކަމަށެވެ.

މީގެ އިތުރުން ދެ ވަނަ ފަހަރަކަށް ފުރުސަތު ހުޅުވާލަން ޖެހިއްޖެ ނަމަ ހައްޖަށް ގެންދިއުމުގެ ކަންކަން މާބޮޑަށް ލަސްވެގެންދާނެ ކަމަށާއި މިހާރު ބައެއް ކުންފުނިތަކުން ފައިސާ ވެސް ނަގާފައިވުމާ އެކު އެކަންކަމުގައި ވެސް މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ލަފާކުރައްވާ ކަމަށް ވެސް މުޙައްމަދު ދީދީގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ކުންފުނިތަކަށް ކޯޓާ ބަހާފައި ވަނީ އެޓާނީ ޖެނެރަލް އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ލަފާއާ އެކު ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވާއިރު، އިސްލާމިކް މިނިސްޓްރީއިން ދީފައިވާ ހުއްދައަށް ބަލައިގެން އެއްވެސް ކަމެއް ނުކުރުމަށް ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.