ލ. މާމެންދޫގައި ހިންގަމުން އަންނަ ޕްރީ ސްކޫލްގެ މުދައްރިސުންނަށް ފާއިތުވި 3 މަހުގެ މުސާރަ ދިނުމަށް ފައިސާ ލިބިފައި ނުވާތީ އަދި މުސާރަ ނުދެވިވާތީ އެ ސްކޫލްގެ ކިޔެވުން މެދުކަނޑާލައިފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލް އިދާރާ އިން ޕްރީ ސްކޫލް ހިންގުމާއި ހަވާލުވެގެން ހުންނެވި ފަރާތުން ހާމަކުރިގޮތުގައި ޕްރީ ސްކޫލަށް ލިބެންޖެހޭ ބަޖެޓް ނުލިބެގެން އެޑިއުކޭޝަން މިނިސްޓްރީ އަދި ފިނޭސްމިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ނަމަވެސް މައަދާ ހަމައަށް ވެސް އެކަމުގައި އަލިމަގެއް ފެނިފައި ނުވާކަމަށެވެ.
މީގެ އިތުރުން ޕްރީ ސްކޫލުގެ ކިޔެވުން މެދުކަނޑައިލުމަށް ނިންމާފައިވަނީ ބެލެނިވެރިންނާއި މަޝްވަރާކޮށް، ކަން އޮތްގޮތް އޮޅުންފިލުވައިދިނުނަށް ފަހުގައި ކަމަށް ވެސް މާމެންދޫ ކައުންސިލް އިދާރާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.
މާމެންދޫ ޕްރީ ސްލޫލަކީ 70 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާސިލް ކުރަމުންދާ ސްކޫލެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...