ރާއްޖޭގެ ޚަބަރު ”ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލު“ ތަޞްދީޤު ކުރައްވައިފި

”ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލު“ ތަޞްދީޤު ކުރައްވައިފި

”ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލު“ ތަޞްދީޤު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަޙީދު ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސް އެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިޢުކޮށްފަ އެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލު" ޤާނޫނަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ބޭނުންވާ އޮނިގަނޑު އެކަށައަޅައި ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެކެވެ.

މިޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ފަހި މާޙައުލެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، ދިވެހިރާއްޖޭގެ އިޤްތިޞާދުގައި އެވިޔަފާރިތަކުގެ ދައުރު ފުޅާކޮށް، އެވިޔަފާރިތަކަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަވެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވުމުގެ ޤާބިލުކަން ލިބިފައިވާ ވިޔަފާރިތަކަކަށް ހެދުމަށް މަގުފަހިކުރުމާއި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ދިގުމުއްދަތުގެ ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަގުފަހިކުރުމާއި، މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތައް އިތުރުކުރުން ހިމެނެއެވެ.

މީގެއިތުރުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަސަރުކުރާ ސަރުކާރުގެ ސިޔާސަތުތަކާއި އެވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ވިލަރެސްކޮށް، ހިނގާ ނުހިނގާގޮތް ބަލައި، ވަޒަން ކުރެވޭނެ ގޮތްތައް ޤާއިމު ކުރުމާއި، ވިޔަފާރި ހިންގުމާއި، މާލީ ޤާބިލުކަމާއި، ހުނަރާއި ތަޖުރިބާއާއި އެފަދަ އެހެން ކަންކަމުގައި، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދިވެހިރާއްޖޭގައި ހިންގާ ބޮޑެތި ވިޔަފާރިތަކާ ދެމެދުގައި އޮތް ފަރަޤު ކުޑަކުރުންވެސް ހިމެނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.