ރާއްޖޭގެ ޚަބަރު މަޖިލީހުގެ މެންބަރުންނަށް ނަޞޭހަތްތެރިވެ ޝައިޚް ސަމީރު ފޮނުވި ސިޓީއެއް އާއްމުކޮށްފި

މަޖިލީހުގެ މެންބަރުންނަށް ނަޞޭހަތްތެރިވެ ޝައިޚް ސަމީރު ފޮނުވި ސިޓީއެއް އާއްމުކޮށްފި

މަޖިލީހުގެ މެންބަރުންނަށް ނަޞޭހަތްތެރިވެ ޝައިޚް ސަމީރު ފޮނުވި ސިޓީއެއް އާއްމުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ނަޞޭހަތް ތެރިވެ ފޮނުވި ސިޓީއެއް އާއްމުކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ ކޮންމެ މެންބަރަކަށް ވަކިވަކިން އެޑްރެސްކުރައްވާ މިދިޔަ އަހަރުގެ މެދުތެރޭގައި ފޮނުވާފައިވާ ސިޓީގައި ޝައިޚް ސަމީރު ވިދާޅުވެފައި ވަނީ އެސިޓީ ލިޔަންޖެހުނީ މިހާރަކަށް އައިސް ބައެއް ވެރިންނާއި ޤާޟީންނާއި މުޙާމީންނާއި ޤާނޫނީ މީހުންނާއި، ޤާނޫނު ހަދާ މީހުންނާއި، ބައެއް ޢާއްމުންގެ ތެރޭގައި ޙުކުމް ކުރެވޭ މަގަކީ މާތް ﷲ ބާވައިލެއްވި ގޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތާއި ޚިލާފު މަގެއްކަމުގައި ވާތީއެވެ.

ޝައިޚް ސަމީރު އިތުރަށް ވިދާޅުވެފައިވަނީ "ހަމައެކަނި ﷲ އަށް އަޅުވެތިވެ، އެކަލާނގެއަށް ކިޔަމަންތެރިކަން ޚާލިޞްކޮށް، ޝައިތޯނާއަށް އަޅުވެތިވުމާއި، ﷲ ތަޢާލާފިޔަވައި އަޅުކަންކުރެވޭ އެހެނިހެން ބަރީއަތް ވުމާއި، އެކަލާނގެ ބާވައިލެއްވި ޝަރީޢަތުގައި މައްޗަށް ފައިސަލާކޮށް ޙުކުމް ކުރުމަކީ ޝަހާދަތުގެ ދެކަލިމަ އަޅުގަނޑުމެންގެ މައްޗަށް ލާޒިމްކުރާ ކަމެއް" ކަމަށެވެ.

އަދި ހަމަމިއާއެކު ޙަރާމް ކަންކަމާއި ޙަލާލުކަންކަން ކަނޑައެޅުމުގެ ޙައްޤު ލިބިގެންވާ ހަމައެކަނި ފަރާތަކީ މަތިވެތި ވަންތަ މާތްﷲ ކަންވެސް ޝައިޚް ސަމީރުގެ ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ.

މަޖިލީހުގެ މެންބަރުންނަށް ފޮނުވި ސިޓީގައި ޝައިޚް ސަމީރު ވަނީ އެބޭފުޅާގެ ވާހަކަފުޅު ތަކަށް ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ދަލީލު ނަންގަވައިގެން ހެކި ބަޔާންކޮށްދީފައި ވެއެވެ.

ނުވަ ޞަފުހާގެ އެ ސިޓީގައި ހިމެނޭ ބައިތައް ހިމަނައިގެން " މާތްﷲ ގެ ޙުކުމްފުޅު ތަކަށް ޢަމަލުކުރުން " މިނަމުގައި ލުއިފޮތެއް ވަނީ ނެރެފައެވެ.

މިފޮތާ ބެހޭގޮތުން ޝައިޚް ސަމީރު ވިދާޅުވީ މިފޮތް އެކުލަވާލީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ފޮނުވި ސިޓީގައި ހިމެނޭ މަޢުލޫމާތަކީ އާއްމުކޮށް އާއްމުންނަށް ވެސް އިގެންޖެހޭ މަޢުލޫމާތެއް ކަމަށް ފެންނާތީއެވެ.

ޝައިޚް ސަމީރު އިތުރަށް ވިދާޅުވީ އެ ފޮތުގައި ހިމެނޭ މަޢުލޫމާތުތައް މުޅި ރާއްޖޭގެ ރައްޔިތުންނަށް އެންގުމަކީ މުހިއްމު ކަމަކަށް ވާތީ އެފޮތް ރާއްޖޭގެ ކޮންމެ ގެއަކަށް ވެސް ވައްދަން ބޭނުން ކަމަށެވެ. އަދި އެކަމުގައި ދީލަތި ފަރާތްތަކުގެ އެހީތެރިކަން ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޝައިޚް ސަމީރު ވިދާޅުވިއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.