ރާއްޖޭގެ ޚަބަރު 14 އަހަރުގެ އަންހެން ކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

14 އަހަރުގެ އަންހެން ކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

14 އަހަރުގެ އަންހެން ކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

14 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަން ސާބިތުވި މީހަކު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ހުކުންކޮށްފައިވަނީ އދ. މަހިބަދޫ ދިލްދާރުގޭ، އިބްރާހިމް މުއީންގެ މައްޗަށެވެ.

މުއީންގެ މައްޗަށް އެ ހުކުމްކޮށްފައިވަނީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދުވަހެއްގައި އެ އަންހެން ކުއްޖާ ކޮޓަރީގައި އުޅެނިކޮށް އެ ކޮޓަރިއަށް ވަދެ ތަޅުލައިގެން ހުރެ ގަދަކަމުން ބަދުއަޚުލާގީ އަމްލު ހިންގާފައި ވާކަމަށް ސަރީއަތައް ސާބިތު ވުމުންނެވެ.

މުއީންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ކުޑަކުދިންނާ މެދު ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ހ. އާއި ހަވަލާދީ އެ މާއްދާގެ ނ. ގެ ދަށުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.