އިއްޔެ މެންދުރު ވަގުތެއްގައި ރައީސްލުޖުމުހޫރިއްޔާއާއި ބައްދަލުކުރުމަށް ދިޔަ ބެލެނިވެރިންނާއި ފުލުހުންގެ ސްޓާ ފޯސްއާއި ދެމެދު ހިނގި ކުރިމަތިލުމުގައި ހައްޔަރު ކުރިމީހުން ކޯޓް އަމުރަށް ދޫކޮށްލައިފިއެވެ.
ބެލެނިވެރިންގެ ދިފާއުގައި ވަކާލާތު ކުރެއްވި ލޯޔަރަކު ދިއިސްލާމްއަށް ވަނީ މިހަބަރު ކަށަވަރު ކޮށްދީފައެވެ. އިއްޔެ އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއާއި މެދު އެމް.ޑީ.ޕީގެ ސަރުކާރުން ޢަމަލުކުރަމުންދާ ސިޔާސަތު ތަކާއިމެދު ހިތްހަމަ ނުޖެހިގެން އެމަދަރުސާގެ ބެލެނިވެރިން ރައިސްލުޖުމުހޫރިއްޔާއާއި ބައްދަލުކުރުމަށް ރައިސް އޮފީސް ދޮށަށް ވަޑައިގަތުމުން ފުލުހުން އެބެލެނިވެރިންނާއި ކުރިމަތިލައި ބެލެނިވެރިންގެ ތެރެއިން ހައްޔަރުކުރި 10 ބެލެނިވެރިއަކު ހައްޔަރުކޮށް 9 ބެލެނިވެރިއަކުވަނީ އިއްޔެ 1 ޖެހިއިރު ދޫނިދޫއަށް ގެންގޮސްފައެވެ. ނަމަވެސް ހަވީރު 5 ޖާހަކަންހާއިރު އަލުން މާލެ ގެނެސް އަތޮޅުވެހީގައި ބޭތިއްބުމަށްފަހު، ރޭ 9 ޖެހިއިރު މިބެލެނިވެރިން ވަނީ ސިވިލް ކޯޓަސް ގެންގޮސްފައެވެ. ނަމަވެސް ރޭ 9:45 ހާއިރު ފުލުހުން ވަނީ ކޯޓްގެ އަމުރަށް މިބެލެނިވެރިން ދޫކޮށްލާފައެވެ.
އިއްޔެ ހައްޔަރު ކުރި މީހުންނަނީ އަލީ މޫސާ، އަޒުވަރު، ރިޟްވާން، އަބްދުއްރައްޒާޤު، ޝާއިން އަދި ފާރޫޤު ކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ. ބެލެނިވެރިން ހައްޔަރު ކުރިއިރު ވަރަށް އިހާނެތިކޮށް އަމަލުކޮށްފައިވާކަމަށް ދިއިސްލާމްއަށް މައުލޫމާތު ދެމުން ހައްޔަރުކުރެވެނު ބެލެނިވެރިއަކު ހާމަކުރިއެވެ. އެހެނަސް ދޫނިދޫއަށް ގެންގޮސް އެއްވެސް ވަރަކަށް އަނިޔާނުކުރާކަމަށް އަތޮޅުވެހީގައި ބަންދުކޮށްފައިހުރެ ފޯނުން ދިއިސްލާމްއަށް ވަނީ ކިޔައިދީފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...