ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކުރަން ސައުގުވެރިވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީ އިން ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން އާއްމުކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ މިސްކިތް ތަކުގައި މިއަހަރުގެ ރަމަޟާން މަހު ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކުރާ ފަރާތްތަކަށް އެ މިނިސްޓްރީއިން ފައިސާގެ އެހީއެއް ދިނިމަށް ކަނޑައަޅައިފައި ވާކަމަށެވެ.
އަދި އެ އިޢުލާނުގައި އިތުރަށް ބަޔާންކޮށްފައި ވަނީ އެލެވަންސް ދެވޭނީ ޙިފްޘުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކުރެވޭނެ ކަމަށް އަތޮޅު ކައުންސިލްގެ އިދާރާ ތަކުންނާއި ސިޓީ ކައުންސިލްގެ އިދާރާތަކުން ހުށައަޅާ ޙާފިޡު ކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށް ނުވަތަ ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރެވޭނެ ފަރާތެއްކަން އެނގޭނެ ފަދަ ލިޔުމެއް ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.
މީގެ އިތުރުން ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކުރާ ފަރާތްތަކަށް ހުއްދަ ހޯދުމަށް އެދި 10 ޖޫން 2013 ގެ ކުރިން އަތޮޅު ކައުންސިލް ތަކުންނާއި ސިޓީ ކައުންސިލްތަކުގެ އިދާރާއިން އެ މިނިސްޓްރީ އަށް ހުށައެޅުމަށް އެ އިޢުލާނުގައި ބަޔާންކޮށްފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...