އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝެއިހް ހުސެއިހް ރަސީދު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައިވާގޮތުގައި ކުރިން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޝެއިހް ހުސެން ރަޝީދު އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ހަމަޖައްސަވައިފިކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ޝެއިހް ހުސެއިން ރަޝީދުވަނީ އެމަގާމަށް އައްޔަން ކުރައްވާފައެވެ. ހުސެއިން ރަޟީދު އަކީ އަދާލަތު ޕާޓީގެ ރައީސްއެވެ.
ކުރިން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޝެއިހް ޝަހީމު ވަނީ ސަރުކާރަށް ފާޑު ކިޔަމުން ގޮސް އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...