ނާޒިމް އާއި ޑރ ޖަމީލުއަކީ އިސްލާމިކް މިނިސްޓްރީއަށް ވަރަށް އެހީތެރިވެދޭ ބޭފުޅުންކަމަށް އިސްލާމިކް އެފެއާރޒް މިނިސްޓަރ ޝަހީމް ވިދާޅުވެއްޖެއެވެ.
އިސްލާމިކް އެފެއާރޒް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސަޢީދުގެ ފޭސްބުކް ސްޓޭޓަސްގައި މިރޭ ވިދާޅުވެފައިވަނީ "މިނިސްޓަރ ނާޒިމް އާއި ޑރ ޖަމީލު ހިމާޔަތް ކޮށްދިނުމަށް މަޖިލިސްގެ އިއްޒަތްތެރި މެމްބަރުންނަށް އަދަބުވެރިކަމާއި އެކު އެދެން." ކަމަށާއި "ނާޒިމް އާއި ޑރ ޖަމީލު އަކީ އިސްލާމިކް މިނިސްޓްރީއަށް އެހީތެރިކަން ދެއްވާ ދެބޭފުޅުން"ކަމަށެވެ.
ނާޒިމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވެއްދީ، ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުވެ އެ ދެ ވުޒާރާގެ މަސައްކަތްތަކުގެ އަސާސީ ސިފަތައް މަސްހުނިކުރައްވާފައިވާ ކަމަށާއި އަދި ސަރުކާރު ބައިވެރިވާ މަދަނީ މުއާމަލާތްތައް ޝަރީއަތުން ބޭރުގައި ރޫޅާލުމަށް އަސްކަރީ ނުފޫޒުފޯރުވާފައިވާ ކަމަށް ބުނެ އެވެ.
ޖަމީލްގެ މައްޗަށް އިތުބާރުނެތް ކަމަށް ވެއްދި ސަބަބުތަކެއް ކަމަށް ބުނެފައި ވަނީ ރާއްޖޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއްކަން ކަށަވަރުކޮށްދިނުމުގެ ޒިންމާއަކީ ހޯމް މިނިސްޓަރު ސީދާ އުފުއްލަވަން ޖެހޭ ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ އެވެ.
މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްވަނީ، 77 މެންބަރުންގެ މަޖިލީހުގެ 39 މެންބަރުންގެ ވޯޓާ އެކު އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...