ރާއްޖޭގެ ޚަބަރު މިހާރު ރާއްޖެ އައިސްގެން އުޅޭ ނިއުޔޯކު ސިޓީގެ އިމާމާއި އިސްލާމިކް ފައުންޑޭޝަންއިން ބައްދަލުކުރައްވައިފި

މިހާރު ރާއްޖެ އައިސްގެން އުޅޭ ނިއުޔޯކު ސިޓީގެ އިމާމާއި އިސްލާމިކް ފައުންޑޭޝަންއިން ބައްދަލުކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްގެ ފަރާތުން މިހާރު ރާއްޖެ އައިސްގެން އުޅޭ އެމެރިކާގެ ނިއުޔޯކު ސިޓީގެ އިމާމު ޚާލިދު ލަޠީފުއާއި ބައްދަލުކުރައްވައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު މާލޭގައި ހުންނަ އެމެރިކަން ސެންޓަރުގައި ބޭއްވި މިބައްދަލުވުމުގައި އިމާމު ޚާލިދުވަނީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. މިބައްދަލުވުމުގައި އިމާމް ލަތީފް ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރުމަށް އަނިޔާ ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަރެކްޓިވް ސެޝަންތައް އިންތިޒާމްކުރުން މުހިންމުކަމަށާއި، ކުށްކުރާ މީހުންގެ ތެރެއިން ޙުކުމްގެ މުއްދަތު ހަމަކޮށް އަލުން މުޖުތަމައަށް ނެރެވޭ މީހުން އެފަދަ ޖަރީމާތައް އަލުން ހިންގަން ނުފަށާނެ ގޮތްތައް ރާވާ ހިންގަންޖެހޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  މިގޮތުން އެފަދަ މީހުންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމާއި، ވަޒީފާގެ ފުރުސަތު ހޯދާދިނުން ހިމެނޭގޮތުން މަސައްކަތްކުރުމަށްވެސް ގޮވާލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އިމާމް ލަތީފް ވަނީ ރާއްޖޭގެ ދީނީ ހާލަތު އޮޅުންފިލުވައި ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާއި ބޮޑެތި މައްސަލަތައްކަމަށްވާ މަސްތުވާތަކެތި ބޭނުންކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ރޭޕް ކުރުމާއި ބެހޭގޮތުން މައުލޫމާތު ހޯއްދަވާފައެވެ. މިބައްދަލުވުމުގައި ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީގެ އިންފޮމޭޝަން ސަޕޯޓް ޑިރެކްޓަރ ބްރަޔަން ޑްރޯހަން އާއި ކަލްޗަރަލް އެފެއާޒް އޮފިސަރ ނިއާންބީ އޭ ޔަންގް ވެސް ބައިވެރިވެފައިވެއެވެ.

މިބައްދަލުވުމުގައި އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ބައިވެރިވެފައިވަނީ އެޖަމްޢިއްޔާގެ ރައިސް އިބުރާހިމް ފައުޒީގެ އިތުރުން 2 އޮފިޝަލެއްކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.