ދިވެހިރާއްޖޭން އިސްލާމީ ވަހުދަތު ފޮހެލުމަށް ބަޔަކު މަސައްކަތްކުރަމުންގެންދާކަމަށް ދެކެވޭހަކަ އަކީ އަޅުގަނޑުމެންގެ ހިތުގައި ބިރުވެރިކަން އުފައްދާ، ގައުމުގެ ހަމަޖެހުމާއި މިނިވަންކަން ނަގާލުމަށާއި ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރުމަށްޓަކައި ބަޔަކު ކުރާ މަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީން ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އަދި ޑީއާރްޕީގެ ކައުންސިލް މެންބަރު ޝާހިދު ވިދާޅުވީ "ދިވެހިރާއްޖޭގައި ނުވަސަތޭކަ އަހަރުވީ އިސްލާމީ އުންމަތުގައި މިއަދަށްވުރެ ވަކި ގިނައިން އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތްކޮށްފައިވާ އެއްވެސް ދުވަހެއް ރާއްޖޭގެ ތާރީހުގައި ނޯންނާނެކަމަށާއި ރާއްޖެއަކުން އިސްލާމްދީން ދުއްވައެއް ވެސް ނުލެވޭނެކަމަށާއި އަދި ފޮހެ ވެސް ނުލެވޭނެ"ކަމަށެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ "ރާއްޖެ އިން އިސްލާމްދީން ފޮހެލުމަށް ބަޔަކު މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުވެގެން ނުދާނެ" ކަމަށެވެ. އަދި "އަޅުގަނޑުމެންނަކީ އިންޑިއާ ކަނޑުގައި އޮތް ފަޚުރުވެރި އިސްލާމީ ވަރުގަދަ ކިއްލާއެއް"ކަމަށް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވިއެވެ. "ނަމަވެސް ސީޔާސީ ބޭނުންތަކެއް ހާސިލް ކުރުމަށް މަދު ބަޔަކު ދީން ހަތިޔާރަކަށް ހަދައިގެން ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން ފަތުރަމުންދާ"ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ "ގައުމުގެ ހަމަޖެހުމާއި މިނިވަންކަން ނަގާލަން އެގޮތަށް އެވާހަކަ ދައްކާބަޔަކަށް ފުރުސަތު ދީގެން ނުވާނެ"ކަމަށް ޝާހިދު ވިދާޅުވިއެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...