އިޒްރޭލް ޑޮކްޓަރުންނާ ދެކޮޅަށް މުޒާހަރާކޮށް ނުރުހުން ފާޅުކުރަމުންދާތީ އިޒްރޭލް ޑޮކްޓަރުން އިއްޔެ ފުރުވާލައިފިކަމަށް މުއުތަބަރު ގޮތެއްގައި ހަބަރު ލިބިއްޖެއެވެ.
"ރާއްޖޭގެ ގިނަ ޢަދަދެއްގެ ރައްޔިތުން އިޒްރޭލް ޑޮކްޓަރުންނާ ދެކޮޅަށް މުޒާހަރާކޮށް ނުރުހުން ފާޅުކުރަމުންދާތީ އެމީހުން ވީހާވެސް އަވަހަކަށް ރާއްޖެއިން ފުރުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ"ކަމަށް ޕްރެސް ސެކެޓްރީ ދާދިފަހުން ދިޓީވީއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާއިރު އިޒްރޭލުގެ ޑޮކްޓަރުން ފުރާފައިވަނީ އިއްޔެ ހަވީރު އީކޭ ފްލައިޓުން ކަމަށް ހަބަރު ލިބެއެވެ. އިޒްރޭލުގެ ޑޮކްޓަރުން މާލެ އާއި އައްޑޫގެ އިތުރުން ތިނަދޫގައި ބަލިމީހުން ބެލުމަށްފަހު ފުރާފައިވާއިރު އެމީހުން ފުރިގަޑީގައި އެއާރޕޯޓްގައި ސެކިޔުރިޓީ ވަރުގަދަ ކޮށްފައިވެއެވެ. އިއްޔެ ފުރި ޓީމުގައި 9 މީހުން ފުރާފައިވާކަމަށް ހަބަރުތަކުން ބުނާއިރު އިއްޔެ ފުރި ޓީމުގައި ކުރިން ނުފެންނަ 2 މީހަކު ހިމެނޭކަމަށްވެސް މުއުތަބަރު ގޮތެއްގައި ހަބަރު ލިބިފައިވެއެވެ.
އިޒްރޭލުގެ ޑޮކްޓަރުންނާއި ދެކޮޅަށް މާލޭގައާއި ރާއްޖޭގެ ކަންކޮޅުތަކުގައި ވަނީ ނުރުހުން ފާޅުކޮށް އަޑުއުފުލާފައެވެ. އިޒްރޭލު ޑޮކްޓަރުން އައުމުގެ ކުރިން ރާއްޖޭން ބަލާނެކަމަށް އަންދާޒާ ކުރިވަރަށް ވުރެ މަދުން ބަލިމީހުން ބަލާފައިވާއިރު އޮޕަރޭޝަންވެސް ކޮއްފައިވަނީ ހީކުރިވަރަށް ވުރެ މަދު މީހެއްގެކަމަށް ހަބަރު ލިބެއެވެ. އަދި ކުރި އޮޕަރޭޝަން ތަކަކީ ވަރަށް އާދައިގެ އޮޕަރޭޝަންކަމަށްވެސް ހަބަރު ލިބެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...