އިސްލާމިކް ރިސަރޗް ފައުންޑޭޝަންގެ މެނޭޖްމެންޓުން ހިނގާ އިންޓަރނޭޝަނަލް އިސްލާމިކް ޓީވީ ޗެނަލް، ޕީސް ޓީވީއިން ސުވާލާއި ޖަވާބުގު ހިމެނޭ ގޮތައް، 'ޑައިލް ޑރ. ޒާކިރު ނައިކު'ގެ ނަމުގައި ޕްރޮގުރާމެއްފަށައިފިއެވެ.
މިޕްރޮގުރާމަކީ ޑރ. ޒާކިރު ނައިކު، ޕީސް ޓީވީގެ ސްޓޫޑިއޯގައި ހުންނަވައިގެން ޢާއްމުން ޕްރޮގުރާމަށް ގުޅައި ސުވާލުތަކަށް ޑރ. ޒާކިރު ނައިކު ޖަވާބު ދެވޭ ގޮތައް ގެނެސްދޭ ޕްރޮގުރާމެކެވެ. ކޮންމެ އަންގާރަ ދުވަހު ރާއްޖޭގަޑިން 19:00 ގައި ޕީސްޓީވީއިން ފޮނުވާ ޕްރޮގުރާމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުންނާއި ޣައިރު މުސްލިމުންނަށްވެސް މިޕޮރޮގުރާމުގައި ބައިވެރިވެ ސުވާލު ކުރެވޭނެއެވެ.
ޑރ ޒާކިރު ނައިކްގެ ޕްރޮގްރާމް ތަކަކީ އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުން އަންނަ ޕްރޮގްރާމް ތަކެކެވެ. ރާއްޖޭގައިވެސް ޕީސް ޓީވީ އަކީ ގިނަ ބަޔެއްގެ މަޤްބޫލުކަން ލިބިފައިވާ ޗެނަލެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...