ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އޭޕްރީލް 12 ވަނަ ދުވަހުގެ ރޭ "އަންހެނުންގެ ޙައްޤުތައް" މި މަޢުލޫއަށް ބާއްވަން ހަމަޖެހިފައިވާ ދަރުސްގެ ތެރެއިން ވަރަށް ޚާއްޞަ ލީފްލެޓެއް ބަހާގޮތަށް ހަމަޖެހިފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ޖަމްޢިއްޔަތުއްސަލަފުން ހާމަކޮށްފައިވާގޮތުގައި، "ޒީނަތްތެރިކަން" މިމައުޟޫއަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ލިޔުއްވާފައިވާ ކުލަކޮށް ޗާޕުކޮށްފައިވާ ލީފްލެޓް ދަރުސަށް ދާ ހުރިހައި ބޭފުޅުންނަށް ލިބޭނެ ކަމަށާއި މި ލީފްލެޓްގައި އަންހެން ކަނބަލުންނަށް ބޭނުންވާނެ ވަރަށް ފުރިހަމަ ފިލާވަޅެއް ހިމަނާފައިވާނެކަމަށެވެ.
އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، "އަންހެނުންގެ ޙައްޤުތައް" މިމަޢުލޫއަށް ދެއްވާ މިދަރުހަށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ވަރަށް ބޮޑު ތައްޔާރީތަކެއް ވަމުންދާއިރު، ދަރުސްގެ ޕޯސްޓަރާއި ބެނާތައް ހެދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. މީގެ އިތުރުން ދަރުސްގެ ޓްރެއިލާ މިހާރުވަނީ ރިލީޒްކޮށްފައެވެ.
ޖަމްޢިއްޔަތުއްސަލަފުން ބާއްވާ މިދަރުސް އަޑުއެހުމަށް ވިހާވެސް ގިނަ ފަރާތްތަކުން ބައިވެރި ވުމަށް އެޖަމިއްޔާއިން އެދޭއިރު މި ދަރުސް ބާއްވާ ރޭ އެ ޖަމްޢިއްޔާގެ ސީޑީތައް އިންޝާﷲ ގަންނަން ލިބިވަޑައިގަންނަވާނެ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...