ވިލާކޮލެޖް އާއި މެލޭޝިއާގެ އޯޕެން ޔުނިވާސިޓީއާ ދެމެދު މެމޮރެންޑަމް އޮފް އެގްރިމެންޓް (އެމްއޯއޭ) އެއްގައި ސޮއިކޮށްފި އެވެ.
ވިލާކޮލެޖް އާއި މެލޭޝިއާގެ އޯޕެން ޔުނިވާސިޓީއާ ދެމެދު މެމޮރެންޑަމް އޮފް އެގްރިމެންޓް ގައި ސޮއިކޮށްފައިވަނީ އިއްޔެ ކަމަށާއި މި އެމްއޯއޭ އަކީ އޯޕެން ޔުނިވަރސިޓީއާ ގުޅިގެން ވިލާ ކޮލެޖްގައި ބެޗްލަރ އޮފް ނާރސިން (އޮނަރސް) ކޯސް ހިންގުމަށްޓަކާ ވެވުނު އެއްބަސްވުމެއްކަމަށް ވިލާ ކޮލެޖުން ހާމަކުރެއެވެ.
އެމްއޯއޭގައި ވިލާކޮލެޖްގެ ފަރާތުން ސޮއި ކޮށްފައިވަނީ އެކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ. އަދި މެލޭޝިއާގެ އޯޕެން ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ރައީސް ޓާން ސްރީ ޕްރޮފެސަރ އަންވަރު ޢަލީ އެވެ.
4 އަހަރުގެ ޑިގްރީ ޕްރޮގްރާމަކަށް ފަހު އޮނަރސް ޑީގްރީއެއް ލިބޭ މި ޕްރޮގްރާމަކީ ރާއްޖޭގައި މިދާއިރާއިން އަލަށް ހިންގޭ ކޯހެކެވެ. ވިލާ ކޮލެޖްގައި މި ޕްރޮގްރާމް ފެއްޓެން ހަމަޖެހިފައިވަނީ އަންނަ 2014 ވަނަ އަހަރުގެ ޖެނުއަރީގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...