ރާއްޖޭގެ ޚަބަރު "އިޒްރޭލަށް ނޫނެކޭ" ބުނަމަށް އަންނަ ހުކުރު ދުވަހުގެ ހަވީރު ދިވެހި ރައްޔިތުން އެއްވަނީ

"އިޒްރޭލަށް ނޫނެކޭ" ބުނަމަށް އަންނަ ހުކުރު ދުވަހުގެ ހަވީރު ދިވެހި ރައްޔިތުން އެއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

"އިޒްރޭލަށް ނޫނެކޭ" ބުނަމަށް އަންނަ ހުކުރު ދުވަހުގެ ހަވީރު ދިވެހި ރައްޔިތުން އެއްވުމަށް ބައެއް ސިޔާސީ ޕާޓީތަކުންނާއި ދީނީ ޖަމިއްޔާ ޖަމާޢަތްތަކުން އެއްބަސްވެއްޖެއެވެ.

މިއަދު އެމްއެންބީސީ 1 އިން ވަގުތުން ގެނެސްދިން ނޫސް ކޮންފަރެންސްގައި ސިޔާސީ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީ، ޑީއާރުޕީ، ޕީއޭ، ޤައުމީ އިއްތިހާދު، ޖުމުހޫރީ ޕާޓީ އަދި ޤައުމީ ޕާޓީ އިން ބައިވެރިވެފައިވާއިރު މަދަނީ އިއްތިހާދުގެ އެތައް ސަތޭކަ ޖަމިއްޔާގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. ޒަޔަނިސްޓު އިޒްރޭލުގެ ނުފޫޒު ރާއްޖެއަށް ވެރިވެމުންދާތީ އާއި ޒަޔަނިސްޓު ޑޮކްޓާރުން ރާއްޖެއައުމާއި ދެކޮޅަށް ބާއްވާ މިއެއްވުން އޮންނާނީ 17 ޑިސެމްބަރ 2010 ވާާ ހުކުރު ދުވަހުގެ ހަވީރު 4.00 ގައި ނޫސްކޮންފަރެންސްގައި ވަނީ އިއުލާން ކޮށްފައެވެ. މިއެއްވުން މާލޭގައި ކުރިއަށްދާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިހަރާކާތް ކުރިއަށް ގެންދިއުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ. މިއެއްވުން މާލޭގައި އޮންނާނީ ސުނާމީ ބިނާ ކައިރީގައިކަމަށް ހަބަރު ލިބެއެވެ.

މީގެ ކުރިންވެސް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް ގުޅިގެންވަނީ 'ބަނގުރަލާ' ދެކޮޅަށް ބޮޑު މުޒާހަރާއެއް ބާއްވާފައެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާގެ ސަބަބުން ދިވެހި ސަރުކާރުވަނީ އަމާންދީ 'ބަނގުރާގެ މައްސަލަ' ހިންދާލާފައެވެ.

ނޯޓް: ދިއިސްލާމް.ކޮމް ގެ ފަރާތުން ދިވެހި އެންމެހާ ރައްޔިތުންނަށް ކުރާ އިލްތިމާސްއަކީ މިބޮޑު ޤައުމީ މަސައްކަތުގައި ތިމާއަށް ވެވުނު ގޮތަކުން މަސައްކަތް ކުރުމަށެވެ. ފޭސްބުކް ފަދަ ސޯޝަލް ވެބްސައިޓްތައް މެދުވެރިކޮށް މިއިވެންޓް އިޝްތިހާރުކޮށް ވީހާވެސް ގިނަ ބަޔަކު އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމަށް ޖަމާކުރުމަށެވެ. އަދި ސަރުކާރުން ފިއްކަނޑުވާލާފަދަ ގިނަ ބަޔެއް އެސަރަހައްދުން ސަރުކާރުގެ ލޯތަކަށް ދެއްކުމެވެ.

ޓެގް

މުޒާހަރާ ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.