ކޮލަމިސްޓް ފައިސާ ފޮތީގައި "ބަދަން" ލިޔެވިފައި އެބައޮތްހެއްޔެވެ.

ފައިސާ ފޮތީގައި "ބަދަން" ލިޔެވިފައި އެބައޮތްހެއްޔެވެ.

ފައިސާ ފޮތީގައި "ބަދަން" ލިޔެވިފައި އެބައޮތްހެއްޔެވެ.

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ހޫނުގަދަ ދުވަހެކެވެ. ދިއްލީގެ މަޝްހޫރު ވިޔަފާރިވެރިއެއްކަމުގައިވާ ހުޝަމުއްދީން އޭނާގެ ވިޔަފާރީގެ މަސަތްކަތުގައި ހޭބޯނާރާ އުޅަމުންދިޔައެވެ.
ކުއްލިޔަކަށް އޭނާ ސިއްސުވާލީ ރަނގަބީލުގެ އަޑެވެ. ބިއްލޫރިޖަހާފައިވާ ދޮރުމަތީގައި އެހެރީ އިސްކޮޅުން ދިގު ވަރުގަދަ ހަށިގަނޑެއްގެވެރި ޒުވާނެކެވެ. އޭނާގެ އަތުގައި ސިޓީ އުރަތަކެއްހުއްޓެވެ. ބިއްލޫރީގެ ބާވަތުން ބޭރުގަހުންނަ މީހަކަށް އެތެރޭގައި ހުންނަމީހަކު ނުފެންނާނެއެވެ.
ހުޝާމުއްދީން ކުރި އިޝާރާތަކާއެކު ސެކެޓްރީ އެމީހާ އެތެރެއަށް ވަނުމަށް ދޮރުހުޅުވާލިއެވެ.
މީކޮންމެ ދުވަހެއްގެވެސް އާދައެވެ. ހައެއްކަ އަށެއްކަ ޒުވާނުން ކޮންމެވެސް ސަބަބުތަކެއްދައްކާ ފައިސާކޮޅެއް ހޯދުމަށް ހުޝާމުއްދީން ކައިރިއަށްއާދެއެވެ. ހުޝާމުއްދީން އެޒުވަނާއަށް ގޮނޑީގައި އިށީނުމަށް އިޝާރާތްކުރުމަށްފަހު ، ބޭރަށްނުކުތުމަށް ސެކެޓްރީއަށް އެންގިއެވެ.
"ތިބާގެ ޢުމުރަކީ ކިހާވަރެއް ހެއްޔެވެ؟" ހުޝާމުއްދީން ފުރަތަމަ ސުވާލު ޒުވާނާއާއި ކުރިއެވެ.
" 28 އަހަރު" ވަގުތުން ޒުވާނާ ޖަވާބުދިނެވެ. "
ތަޢުލީމް ހާސިލް ކުރުމަށް ހޭދަކުރީ ކިތައްއަހަރުހެއްޔެވެ. އަނެއްކާވެސް ހުޝާމުއްދީން ސުވާލުކުރިއެވެ.
" ޢުމުރުން 20 އަހަރުވަންދެން ތަޢުލީމް ހާސިލްކުރީ " ޒުވާނާޖަވާބުދިނެވެ.
ބާކީ 8 އަހަރު ހޭދަކުރީ ކޮންކަމެއްގަ ހެއްޔެވެ.؟ ހުޝާމުއްދީންގެ މިސުވާލާއެކު އެޒުވާނާ ވަގުތުން ކޮޅަށްތެދުވިއެވެ.
" ތިބާފަދަ ތަނަވަސްމީހުން އަހަރެންނާއި އެކަށީގެންވާ ވަޒީފާއެއްދިންނަމަ، އަހަރެންގެ ޙަޔާތުން 8 އަހަރު ބޭކާރުނުވީސް " ޒުވާނާ މިހެންބުނުމަށްފަހު ރުޅިވެރިކަމާއިއެކު ހުޝާމުއްދީނުގެ މޫނަށްބަލާލުމަށްފަހު އެބުރި އައިކޮޅަށް ހިގައިގަތެވެ.
ހުޝާމުއްދީން އެޒުވާނާގެ އަތުގައިހިފައި ގޮނޑީގައި ބޭންދުމަށްފަހު ވާހަކަދައްކަން ފެށިއެވެ.
"އަހަރެންގެ މައިންބަފއިންނަކީ ފަޤީރުކަމުގެ ސަބަބުން ދިރިއުޅުމަށް ނުކުޅެދުންތެރި ވެފައި ތިބި ބަޔެކެވެ. ފަސްކުދިންގެ ޚަރަދު ބެލެހެއްޓުމަށް ބައްޕަ ކުރާމަސައްކަތަކީ ކޯރުމަސް ވިއްކުމެވެ. މާގިނަދުވަހެއްނުވެ ރޭލު އެކްސިޑެންޓެއްގައި ބައްޕަނިޔާވިއެވެ. ޢާއިލާގެ އެންމެބޮޑީއަހަންނެވެ. އޭރު އަހަރެން އުޅެނީ 7 ވަނަ ގްރޭޑުގައެވެ. ޢާއިލާގެ ދެންތިބި ހަތަރު އަންހެން ކުދިންނާއި، މަންމަގެ ޒިންމާ އެޅުނީ އަހަރެންގެ ކޮނޑުގައެވެ. އެއްބަނޑު ތިބީ ފަސް އަންހެންކުދިން ކަމުން އެކުދިންގެ ކައިވެންޏަށް ފައިސާވެސް ބޭނުންވެއެވެ.
މިހުރިހާ ކަމަކަށްވެސް ހުރީ ހަމަ އަހަރެންނެވެ. އެހެންކަމުން ތަޢުލީމީ ހަޔާތުގައި ސިއްކަޖެހުމަށްފަހު މަސައްކަތުގެ މައިދާނާށް ނުކުތީމެވެ.
އެންމެ ފުރަތަމަ ދިޔައީ ގޭގޭގައި ނޯކިރީ ކޮށްދޭށެވެ. އިންޑިޔާގަ އޮންނަ ސަޤާފަތުން އަހަރެންމީ އެމީހުންގެ އަޅެއްކަމުގައި އެމީހުންދެކެންފެށިއެވެ. އިންސާނިއްޔަތުކަން ކުޑަވެ ހުތުރު ބަސްތަކާއި އަނިޔާވެރިކަން އިތުރުކުވާން ފެށިއެވެ. އަހަރެން ވަރަށްވިސްނުމަށްފަހު އަމިއްލަ ފައިމައްޗަށް ތެދުވުމަށް އަޒުމްކަނޑައެޅީމެވެ.
ލިބުނު ފައިސާއިން ކޮންމެވެސްމިންވަރެއް ފޮރުވީމެވެ. ދެތިންމަހުގެ މަސައްކަތުން 1000 ރުޕީސް ރައްކާކުރެވުނެވެ. ދެންއަހަރެންފެށީ ބަދަން ވިއްކާށެވެ. ފުރަތަމަ އަހަރެން އެއެއްޗެހިތައް ވިއްކަންނުކުތީ ކޮނޑުމަތީގައި ދޮލަގެއް ބަހައްޓައިގެންނެވެ.
މިފަހަރު ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. ޚާއްސަކޮށް އެއްފުރާ ވަރުގެ ކުދިންގެ ފަރާތުން ދުއްތުރާލާ އުދަގޫތަށް އިންތިހާއަށް ކުރިމަތިވިއެވެ. އެހެންނަމަވެސް ހިތްވަރާއި ކެއްތެރިކަމާއެކު ހުއްޓުމެންނެތި މަސަތްކަތް ކުރިއައްގެންދިޔައީމެވެ.
ހައެއްކަމަސްފަހުން ފައިސާކޮޅެއް ރައްކާކުރުމަށްފަހު ބަދަން އުފުއްލާނޭ ބާ އުޅަދެއް ގަތީމެވެ. އޭގެ ދުވަސްތަކެއްފަހުން ބަދަން ޕެކްކޮށް ގޭގައި ވިއްކުމަށްކުޑަފިހާރައެއް ހުޅުވީމެވެ. ދެންމަޑުމަޑުން ވިޔަފާރި ފުޅާކުރަމުންގޮސް އެހެނިހެންބާވަތްތައްވެސް ވިއްކަންފެށީމެވެ. ދުވަސްތަކަކަށްފަހު އަހަރެންގެ ވިޔަފާރި ފުޅާވެ ފިހާރަތައް އިތުރުވާންފެށިއެވެ. މާތްﷲގެ ރަޙްމަތްފުޅާއެކު މިއަވަށުގައި ހުރިއެންމެ ބޮޑުފައިސާވެރިޔަކީ އަހަންނެވެ. "
އެނދިބަދަން ވިއްކާ ސޮރޭ ކިޔާ އެދުވަހު އަހަންނަށް މަލާމާތްކޮށް ބަދަންދޮލަގު ބަންޑުންކޮށްލި ޒުވާނުން މިއަދު އަހަރެންގެ މުއައްޒަފުންގެ ގޮތުގައި އެބަތިއްބެވެ.
ދުނިޔޭގައި ކާމިޔާބީޙާސިލްވާނީ ހުޝާމުއްދީންފަދަ ކެރޭމީހުންނަށެވެ. އެއްވެސް މީހަކީ ކުއްލިޔަކަށް ފައިސާވެރިޔަކަށް ވާނެ މީހެއްނޫނެވެ. ކަމިޔާބީއާއި ހަމަޔަށް ވާސިލްވެވޭނީ ހިއްވަރާއެކު ކެރިގެން ކުރިއައްދިއުމުންނެވެ.
ދުނިޔޭގެ މިސާލަކީ ސްނޭކް އެންޑް ލެޑާރގެ މިސާލެއެވެ. ދިރިއުޅުމުގެ އެއްމެ މަތީހަރުފަތުން ވެއްޓޭފަހަރުވެސް އަންނާނެއެވެ. ނަމަވެސް އަނެއްކާވެސް ހިތްވަރާއެކު ކުރިއައްދާނީއެވެ. އެތައް ނާކާމިޔާބީއަކަށްފަހުވެސް ކާމިޔާބީ ހާސިލް ވާނެއެވެ. ހިނިއަރާ ފަރުބަދަކެޑޭ ފަދައިންންނެވެ.
ދުނިޔޭގައި ވަކިމަސައްކަތެއްނޫނީ ނުކުރުމަށް އަޒުމްކަނޑައަޅައިގެންތިބޭނީ ބޮޑެތި މޮޔައިންނެވެ. މިސާލަކަށް ކިތައްމެ މޮޅު ފާހެއް އޮތްކަމުގައިވިޔަސް ޢަމަލީ ތަޖުރިބާނެތި އެއްވެސްކަމެއް ހާސިލް ނުވާނެއެވެ. އެހެނަކަމުން ފުއްމައިގެން އަރާ ބޮންތީގައެއް ނުހިފޭނެއެވެ.
ނުވިސްނޭ ބައެއްމީހުން ޤަބޫލުކުރާގޮތުގައި ހަސަބާއި ނަސަބު މަތިވެރި ވުމަކި މުޖުތަމަޢުގައި ޝަރަފާއި ޢިއްޒަތް ލިބެންޖެހޭނެ ކަމެކެވެ. ޢިލްމެއް ޙިލްމެއް ނެތްކަމުގައިވިޔަސް މިފަދަ މީހުން މަތީ މަޤާމްތަކަށް ދަހިވެތިވެއެވެ. ތިމާމީ މިވެނިމީހެއްގެ ދަރިޔަކަށްވީތީ ، އެވަނި މަސަތްކަތެއް ކުރުމަށް އެކަށީގެން ނުވާނެޔޭ ބުނެއެވެ. މިފަދަ މީހުންގެ މިސާލަކީ ކަނޑުގުރުއަ ނުނީ ނުކެއުމަށް ހިތްވަރުކޮށްގެން އިން މާކަނާގެ މިސާލެވެ.
ދުނިޔޭގައި އިންސާނާގެ ޤަދަރާ ޝަރަފް ބިނާވެފައިވަނީ ތަޤުވާވެރިކަމާއި، މުރާލިކަމުގެ މައްޗަށެވެ. ކުރާމަސަތްކަތެއްގެ މައްޗަކަށްނޫނެވެ. އެހެންކަމުން ދިރިއުޅުމުގައި މުހިއްމީ ކުރާ މަސަތްކަތެއްނޫނެވެ. ލިބޭ ފައިސާއެވެ. ސުވާލު އުފައްދަންވީ ކުރާ މަސައްކަތާއި މެދުގައި ހެއްޔެވެ.؟ ނުވަތަ ޙަރާމް ހަލާލާ މެދުގަހެއްޔެވެ؟
އެއްވެސް ފައިސާ ފޮއްޗެއްގައި އެފައިސާއެއް ހޯދުމަށް ކުރެވުނު މަސައްކަތެއް ލިޔެވިފަ އޮވޭހެއްޔެވެ؟
ނިކަން ވިސްނާލަ ބަލާށެވެ. ހުޝާމުއްދީންގެ ފައިސާވެރިކަމުގެ އަސްލު ގުޅިފައިވަނީ ބަދަނާއެވެ. އެކަމަކު އެންމެ ފައިސާފޮއްޗެއްގައިވެސް "ބަދަން" މިހެން ލިޔަވިފަ އެއްނެތެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.