ދަރުސް ޚަބަރު ޝައިޚް އާދަމް ޝަމީމް ގެ ދަރުސްތަކެއް ރ.ދުވާފަރުގައި ބާއްވައިފި

ޝައިޚް އާދަމް ޝަމީމް ގެ ދަރުސްތަކެއް ރ.ދުވާފަރުގައި ބާއްވައިފި

ޝައިޚް އާދަމް ޝަމީމް ގެ ދަރުސްތަކެއް ރ.ދުވާފަރުގައި ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ރ އަތޮޅުގެ ހުރިހާ ރަށަކަށް ދީނީ ދަރުސް ދެއްވުމަށް ޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެ އަތޮޅު ދުވާފަރުގައި ދީނީ ދަރުސްތަކެއް ބާއްވައިފިއެވެ.

ޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ދަރުސް ތައް ބާއްވާފައިވަނީ 21 މާރިޗް 2013 ވަނަ ދުވަހާއި އެދުވަހުގެ ރެއެވެ. ދީނީ ކަންތައްތައް ފެތުރުމަށް ލޯބިކުރާ ޒުވާނުންކޮޅެއް އިސްނަގައިގެން ބޭއްވި މި ދަރުސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ. އެގޮތުން ދުވާފަރުގެ ދެ ސުކޫލް ކަމަށްވާ ރ.އަތޮޅު މަދްރަސާއާއި ދުވާފަރު ޕްރައިމަރީ ސުކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން "އޭ ލޯބިވާ ދަރިފުޅާއެވެ" މި މައުޟޫއަށް ދީނީ ދަރުސް އެއް ދެއްވާފައިވެއެވެ. އަދި ދެ ސުކޫލުގެ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ސުވާލާއި ޖަވާބު ޝެޝަން އެއް ކުރިއަށް ގެންދިޔުމުގެ އިތުރުން ހުރިހާ ރަށްޔިތުންނަށް ޚާއްޞަކޮށްގެން "ޤިޔާމަތް ކައިރިވެއްޖެ" މި ނަމުގައި ދީނީ ދަރުސްއެއް ބާއްވާފައިވެއެވެ.

އަދި މީގެ އިތުރުން ދުވާފަރުގައި ދީނީ ކަންތައްތައް ފެތުރުމަށް މަސައްކަތްކުރާ ކުދިންކޮޅަށް އަގުހުރި ނަޞޭޙަތެއް ދެއްވިއެވެ. އެގޮތުން އެ ނަޞޭޙަތުގައި އަބަދުވެސް އެއްބައިވަންތަވުމަށާއި މަޑުމަޑުން ޙިކްމަތްތެރިކަމާއެކު ކަންތައްތައް ކުރިއަށް ގެންދިޔުމަށާއި އަދި އެކިއެކި ދާއިރާތަކުން ކުދިން ތަމްރީންވުމަށް އިރުޝާދު ދެއްވިއެވެ.

ޝައިޚް އާދަމް ޝަމީމް ފުރާވަޑައިގަތީ އިއްޔެގެ ހެނދުނުގެ 8:15 ގައި ދުވާފަރުން ރަސްގެތީމްއަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.