ރާއްޖޭގެ ޚަބަރު އަރަބިއްޔާގެ އާ އިމާރާތަށް ފެން ވަދެ ބައެއް ތަކެއްޗަށް ގެއްލުންވެއްޖެ

އަރަބިއްޔާގެ އާ އިމާރާތަށް ފެން ވަދެ ބައެއް ތަކެއްޗަށް ގެއްލުންވެއްޖެ

އަރަބިއްޔާގެ އާ އިމާރާތަށް ފެން ވަދެ ބައެއް ތަކެއްޗަށް ގެއްލުންވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާލޭގައި ހުރި ހަމައެކަނި ޢަރަބި ތަޢުލީމުދޭ މަދަރުސާ ކަމަށްވާ އަރިބިއްޔާގެ އާ އިމާރާތުގެ އެންމެ މަތީ ފަންގިފިލާ އަށް، މިއަދު ކުރި ވިއްސާރާގައި ވަރަށް ބޮޑަށް ފެން ލީކުވެ ބައެއް ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ.

އެ މަދަރުސާގެ ޓީޗަރަކު ވިދާޅުވީ މިއަދު ހެނދުނު ބޯކޮށް ވާރޭ ވެހުނު ގަޑީގައި އެ ތަނުގެ ހަ ވަނަ ފްލޯ ގެ ޝީޓުން ވަރަށް ބޮޑަށް ފެން ފާބައިވާ ކަމަށެވެ. އޭގެތެރޭގައި ސްޓާފް ރޫމާއި އޮފީސް އަދި ޕްރިންޓިންރޫމާއި ނަމާދު ކުރާ ބަޔަށް ވަރަށް ބޮޑަށް ފެންފައިބާފައިވާ ކަމަށެވެ.

ފެންލީކްވުމުގެ ސަބަބުން ޕްރިންޓިން ރޫމުގެ ސީލިންގަނޑުން ބައެއް ނެއްޓިފައިވާ އަރަބިއްޔާގެ ޓީޗަރަކު ވިދާޅުވީ " އެޑިއުކޭޝަން މިނިސްޓްރީއިން އަރަބިއްޔާ ސްކޫލަށް ހަދިޔާ ކުރި ރީތި އާ އިމާރާތުގައި މިއަދު ވާރޭ ފެނުން ސަލާމަތްވާންޖެހުނީ ބާލިދީ ބަހައްޓައިގެން. އޮފީސްތެރެ އާ މިސްކިތްތެރެ އަދި ސްޓާފްރޫމް އާ ދެން ހުރި ތަންތަންވެސް އެ ހާލުގައި" ކަމަށެވެ.

މީގެ އިތުރުން، މުހިއްމު ލިޔެކިޔުންތައް ފައިލުކުރާނެ އެއްޗެހި އެޑިޔުކޭޝަނުން ދީފައިނުވާތީ އެ ލިޔެކިޔުންތައް ރައްކާކޮށްފައި ހުރި ފޮށިގަނޑުތަކަށް ފެނުގެ އަސަރުކުރުމުގެ ސަބަބުން މުހިއްމު ގިނަ ލިޔެކިޔުންތަކަށް ވަނީ ގެއްލުންވެފައި ކަމަށްވެސް ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިދިޔަ މަހު ބޭނުންކުރަން ފެށި އަރަބިއްޔާގެ އާ އިމާރާތުން ފެން ފައިބަން ފެށުމާ ގުޅިގެން އެޑިއުކޭޝަނާއި އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް (އޯޕީޕީ)ގެ ބޭފުޅުންގެ ޓީމެއް މިއަދު އެ ތަނަށް ވަނީ ޒިޔާރަތްކޮށްފައެވެ.

އަރަބިއްޔާގެ ޓީޗަރަކު އިތުރަށް ވިދާޅުވީ، އާ އިމާރާތެއް ލިބުނަސް، އަރަބިއްޔާ ސުކޫލްގައި މަސައްކަތް ކުރަން ވަރަށް ދަތިކަމަށާއި، ކުރިންވެސް އެސުކޫލްގައި ފެނާއި ކަރަންޓް ހުންނަނީ ގިނައިން ކެނޑިފައި ކަމަށެވެ.

ސޯޝަލް މީޑިއާގައި ގިނަބަޔަކު މިކަމާ ދެކޮޅަށް ވަނީ ޝުޢޫރުފާޅުކޮށް، މިއީ ސަރުކާރުން ޢަރަބިއްޔާއާ މެދު ވެފައިވާ އިހުމާލު ދޭހަކޮށްދޭ ހާދިސާއެއް ކަމަށް ބުނެފައެވެ. ގިނަބަޔަކު ދެކޭގޮތުގައި އޮލިމްޕަސް ފަދަ ތަނެއް ސަރުކާރުގެ އެންމެ މަތީ ސަމާލުކަން ލިބިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވުނު އިރު، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ހުރި ހަމައެކަނި ޢަރަބި ތަޢުލީމުދޭ މަދަރުސާއަށް މިއަދު ދިމާވެފައިވާ ނިކަމެތި ހާލަތަކީ ހިތާމަ ކުރަންޖެހޭ ފަދަ ހާލަތެއް ކަމުގައެވެ. އެކަމުގެ ސަބަބުން އެމަދަރުސާގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުމަށް ވަނީ ފޫނުބެދޭވަރުގެ އަސަރުތަކެއް ކޮށްފައިކަމުގައި ގިނަ ބަޔަކު ބުނަމުންދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.