ރާއްޖޭގެ ޚަބަރު މަސާޖުޕާލާއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

މަސާޖުޕާލާއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

މަސާޖުޕާލާއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބިޔުޓީ ސެލޫނެއްގެ ނަމުގައި ހަށިވިއްކަމުންދިޔަ މަސާޖުޕާލާއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ 21:35 ހާއިރު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ރެއިޑުކޮށްފައި ވަނީ މައްޗަންގޯޅީ ޔޫއެން ބިލްޑިން ކައިރީ ހުންނަ ރޯމާ ބިޔުޓީ އެންޑް ވެލްނަސް ސެންޓަރ ނަމުގައި ހިންގަމުން ދިޔަ ބިޔުޓީ ސެލޫނެކެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދިވެހި 4 ފިރިހެނުންނާއި ތައިލޭންޑްގެ 4 އަންހެނުންނާއި ބަންގްލަދޭޝްގެ 2 ފިރިހެނެކެވެ. މި މީހުންގެ ތެރެއިން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަރަހަނާ ޙާލުގައި ތިބެ ބަދުއަޚްލާޤީ އަމަލު ހިންގަމުން ދަނިކޮށް ކުށުގެ ވެށިންކަން ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޯމާ ބިޔުޓީ އެންޑް ވެލްނަސް ސެންޓަރަށް ވަދެ ބަލައި ފާސްކުރިއިރު އެތަނުން -/13000ރ (ތޭރަ ހާސް ރުފިޔާ) އަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި ޖިންސީ އަމަލު ހިންގަން ބޭނުންކުރާ ސާމާނު ގިނަ ޢަދަދަކަށް ވަނީ ފެނިފާކަމަށާއި މީގެއިތުރުން ރޯމާ ބިޔުޓީ އެންޑް ވެލްނަސް ސެންޓަރުގެ ނަމުގައި ހިންގަމުން ދިޔަ އޮފީހަކަށް ކޯޓު ޢަމުރެއްގެ ދަށުން ވަދެ ބަލައި ފާސްކުރިއިރު މައްސަލައާއި ގުޅުން ހުރި ސާމާނުތަކެއް އެތަނުންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މީ މިއަހަރު ތެރެގައި ބަންދުކުރި ފުރަތަމަ މަސާޖްޕާލާއެވެ. މިދިޔަ އަހަރު ތެރެގައި ވެސް 25 މަސާޖްޕާލާއެއް ވަނީ ފުލުހުން ވަނީ ބަންދު ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.