"މައިންބަފައިންނަށްޓަކައި" މިނަމުގައި ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ދަރުސްއެއް އަންނަ ހުކުރު ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ދި އިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވާ ހުކުރު ދުވަހުގެ ހަވީރު 4:15 އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައެވެ.
ކުޑަކުދިންނަށް އަމާޒު ކޮށްގެން ބާއްވާ މި ދަރުސްގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވަނީ އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާޙިމް ރަޝީދު އެވެ.
މި ފަހަކަށް އައިސް ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތަފާތު ދަރުސްތައް އަންނަނީ ބާއްވަމުންނެވެ. އޭގެ ތެރޭގައި ޝެއިޚް ޢަބްދުލް ޢަޒީޒް (އަޒީބެ) ގެ “ބަސް އަހާ ކުދިބަޔަކަށް ވާށެވެ!” ، ޝެއިޚް އަލީ ޒާހިރުގެ “ޔާ ބުނައްޔާ”، ޝެއިޚް ޠައްޔިބްގެ “ތިޔަކުދިންނަށް ހެޔޮބަހެއް” އަދި އަލްއަޚް ޢަބްދުއްސަލާމް (ސަލާމްބެ) ގެ “ތިޔަކުދިން ހާސިލް ކުރަންވީ” ފަދަ ދަރުސްތައް ފާހަގަ ކުރެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...