ދުނިޔެ

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ޖަލަށް ލުމަށް ޙުކުމް ކޮށްފި

ބާލުސްކޯނީ

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިވިލްވިއޯ ބާލުސްކޯނީ އެއް އަހަރަށް ޖަލަށް ލުމަށް އިޓަލީގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި އޭނާ ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ ފުލުހުންގެ ފޯނުކޯލެއްގެ ރިކޯޑިން ނޫހެއްގައި ޝާއިއު ކުރުމުގެ ކުށް ސާބިތުވުމުންނެވެ. ބާލުސްކޯނީގެ މައްޗަށް ކުޑަ އަންހެން ކުއްޖަކާއެކު ބަދު އަޚުލާގީ ޢަމަލު ހިންގުމާއި، ޓެކްސް އަށް މަކަރު ހެދުމުގެ ދައުވާވެސްވަނީ އުފުލާފައެވެ. މި މައްސަލަތަކުގައި ޙުކުމް އިއްވާފައި ވީނަމަވެސް އޭނާއަށް އެ ޙުކުމްތަށް ސަސްޕެންޑް ކުރެވިދާނެއެވެ. އިޓަލީގެ ޤާނޫނު ބުނާގޮތުން އުމުރުން 75 އަހަރުން މަތީގެ މީހުންގެ މައްޗަށް އިއްވާ ދެ އަހަރަށްވުރެ ކުރުނޫން ޙުކުމްތަކުގައި ޖަލުގައި އެ ޙުކުމްތަށް ތަންފީޒު ކުރާކަށް ނުޖެހެއެވެ.

ބާލުސްކޯނީ އަކީ ވެރިކަމުގައި ހުންނެވިއިރުވެސް ވެރިކަމުން ފޭބުމަށްފަހުގައިވެސް ވަރަށް މައްސަލަބޮޑު ވެރިއެއްކަން ފާހަގަ ކުރެވެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އައިޖީއެމް އެޗް ހޮސްޕިޓަލް ގައި ތިބި ޑޮކުޓަރުންނަށް މިކަން މާރަގަޅައް ކުރެވޭނެ، މީހަކުއައިސް ތިމާކީ ޑުރަގު ބޭނުންކުރާ މީހެއް ތިމާޔައް ފަރުވާދޭށޭ ބުނީމަ، ޑޮކުޓަރުވެސް އޭގެ ދޮގުތެދު ބަލަން ލެބޯޓުރީ ޓެސްޓެއް ހަދާފަ ފަރުވާދޭ ތަނަކަށް އެމީހުން ފޮނުވިދާނެ، މިކަން ކުރަން ޑުރަގު ކޯޓެއް ހުންނަންޖެހޭބާ..؟

Your email address will not be published. Required fields are marked *

More in ދުނިޔެ