.
ޓައިޕޭ-ޓައިވާން، ޓައިވާނުގައި މަސައްކަތްކުރުމަށް ގޮސް އުޅޭ މުސްލިމުންނަށް މަޖުބޫރުކުރުވައިގެން އޫރުމަސް ކާންދެމުން ދާތީ، އެކަން ހުއްޓުވުމުގެ ގޮތުން އެކަމާ ދެކޮޅަށް އިސްތިހާރުކުރަން ފަޝައިފިއެވެ.
މީޑިއާ ރިޕޯޓުތަށް ބުނާގޮތުގައި، ޓައިވާނުގައި މުސްލިމުންނަށް މަޖުބޫރުކުރުވައިގެން ދީނާ ފުށުއަރާ ކަންކަން ކުރުވުން މަނީ ވަރަށް މަށްޗަށްގޮސްފައެވެ. ލޭބާ ކައުންސިލުން އިސްނަގައިގެން މި ކެމްޕޭނު ފަށައިފައި މިވަނީވެސް ޓައިވާނުގައި މަސައްކަތް ކުރުމަށް ގޮސްއުޅޭ މުސްލިމުންގެ ފަރާތުން އެތަކެއް ޝަކުވާތަކެއް ލިބެމުން ދާތީކަމަށް ޚަބަރުލިބެއެވެެ. ޓައިވާނުގައި މަސައްކަތް ކުރަމުންދާ މުސްލިމުން ހާމަކުރާގޮތުގައި، އެމީހުންގެ އެމްޕްލޯޔަރުން އެމީހުން އޫރުމަސް ކެއުމަށާއި، ދީނުން ބޭރުވުމަށް މަޖުބޫރުކުރެއެވެ.
އޯގަސްޓް މަހުގެ 7 ވަނަ ދުވަހުވެސް ޓައިވާނުގެ ކޯޓަކުން ވަނީ، ކުޅޭ ސާމާނު އުފަށްދާ ކުންފުންޏެއްގެ އޯނަރު، މިފަދަ މައްސަލައެއްގައި 6 މަސްދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. މި މީހާއަށް ޖަލުގެ ހުކުމެއް ކޮށްފައިވަނީ، އޭނާގެ ކުންފުނީގައި މަސައްކަތް ކުރާ ތިން މުސްލިމް އަންހެން މުވައްޒަފުންނަށް 7 މަސް ދުވަސް ވާންދެން ގަދަކަމުން އޫރުމަސް ކާނދިނުމުގެ ކުށުގައެވެ.
ޝިން ހުއާ ހޭންގް ފެޝަން ނަމަކަށް ކިޔާ ކުންފުނީގެ އިސްވެރިޔާ ޗޭންގް ވެން ލީ ކޯޓުގައި ބުނެފައިވަނީ، އޭނާ އެ މުވައްޒަފުންނަށް އޫރުމަށް ކާންދެން އުޅުނީ އޫރުމަސް ކެއުމުން ހަށިގަނޑަށް އިތުރު ބާރެއް ލިބި ގިނަ ވަގުތު މަސައްކަތް ކުރެވޭނެތީކަމަށެވެ. އެ ތިން މުސްލިމާއިން، އޫރުމަސް ކެއުމަށް އިންކާރުކުރުމުން އެމީހުންގެ މުސާރައިން ދުވާލަކަށް 500 ޓައިވާން ޑޮލަރު ކަނޑާނެކަމުގެ ބިރުވެސް އޭނާ ވަނީ ދައްކާފައެވެ.
މުސްލިމުންގެ ހައްގުތައް ހިމަޔާތްކުރުމުގެ ގޮތުން މިފެށީ ކެމްޕޭނަށް ޓައިވާންސް ޗައިނީޒް މުސްލިމް އެސޯސިއޭޝަނުންވެސް ވަނީ މަރުހަބާ ކިޔައިފައެވެ.

















ޚިޔާލު