ޕީސް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ޑިސެމްބަރ 10 ގައި ދަރުސްއެއް ބާއްވަން ހަމަޖައްސާފައިވާކަމަށް އެޖަމިއްޔާއިން ދިއިސްލާމްއަށް ހާމަކޮށްފިއެވެ.
ޕީސް ފައުންޑޭޝަނުން އިން ހާމަކުރެއްވި ގޮތުގައި "ޕީސް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ވަރަށް ޚާއްޞަ ދަރުސެއް 10 ޑިސެމްބަރ 2010 ވާ ހުކުރު ދުވަހުގެ ރޭ 8:45 މާލެ ވިލިނގިލީ ބޯޅާދަނޑު ސަރަޙައްދުގައި އޮންނާނެ ކަމަށާއި މި ދަރުހަކީ މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެންމެ ބޮޑަށް ފެތުރިފައިވާ އެންމެ ނުބައި ޢަމަލުގެ މައްޗަށް އަލިއަޅުވާލައި "ދުލުގެ އާފާތް" މި މަޢުޟޫޢުގެ މައްޗަށް ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސެއް" ކަމަށެވެ.
އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މިދަރުސްއަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެއްވުމަށް އެޖަމިއްޔާއިން އެދިލައްވައެވެ.
މިދަރުސް ލައިވް ކުރުމުގެ ކަންތައް ވަކި ގޮތަކަށް ހަމަނުޖެހޭތީ ފަހުން އެކަން އިއުލާން ކުރާނެކަމަށް ޕީސް ފައުންޑޭޝަނުން މަޢްލޫމާތު ދެއްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...