ރާއްޖޭގެ ޚަބަރު ރާއްޖެ ޓީވީގެ ނޫސްވެރިޔާއަށް ހަމަލާދިން މީހުން ހޯދުމަށް ރައްޔިތުންގެ އެހީތެރިކަން ބޭނުން ވާކަމަށް ފުލުހުން ހާމަކޮށްފި

ރާއްޖެ ޓީވީގެ ނޫސްވެރިޔާއަށް ހަމަލާދިން މީހުން ހޯދުމަށް ރައްޔިތުންގެ އެހީތެރިކަން ބޭނުން ވާކަމަށް ފުލުހުން ހާމަކޮށްފި

ރާއްޖެ ޓީވީގެ ނޫސްވެރިޔާއަށް ހަމަލާދިން މީހުން ހޯދުމަށް ރައްޔިތުންގެ އެހީތެރިކަން ބޭނުން ވާކަމަށް ފުލުހުން ހާމަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

polic maldives dhiislam

ރާއްޖެ ޓީވީގެ ނިއުސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑު) އަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި ހިމެނޭ މީހުން ހޯދުމަށް ފުލުހުން ޚާއްޞަ އޮޕްރޭޝަނެއް ފަށާފައިވާ ކަމަށާއި އެހަމަލާ ދިންކަމަށް ބެލެވޭ މީހުން ހޯދުމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި ކަމާ ގުޅިގެން ފުލުހުން އިތުރަށް ބުނެފައި ވަނީ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯ އަދި ވީޑިއޯއެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް  ޑިޕާރޓްމަންޓްގެ ނަންބަރު 9911099 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް އެދޭކަމަށެވެ.

މީގެ އިތުރުން މި މީހުންނާ ބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.