10 އަހަރުގެ ތެރާގައި 500 ހާފިޒުން ތަމްރީން ކުރުމުގެ މަޝްރޫއެއް ކީރީތި ގުރުއާނާއި ބެހޭ މަރުކަޒުން ފަށައިފި އެވެ.
ކީރީތި ގުރުއާނާ ބެހޭ މަރުކަޒުގައި މި މަޝްރޫއޫ އިފްތިތާހް ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި މަޝްރޫއަކީ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ރާއްޖޭގައި ފެށޭ މިފަދަ ފުރުތަމަ މަޝްރޫއު ކަމަށާ މި މަޝްރޫއަށް ގާތްގަޑަކަށް 8 ނުވަތަ 9 މިލިޔަން ރުފިޔާ ހަރަދު ވާނެކަމަށެވެ.
މީގެ އިތުރުން މި މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްގެން ފެށި މަޝްރޫއެއް ނޫން ކަމަށާއި މި މަޝްރޫއަށް ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...