ގިނަ މުސްލިމުންގެ ޕްރެޝަރުގެ ސަބަބުން ގްރީކްގައި މިސްކިތެއް ބިނާކުރުމަށް ނިންމާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ނިންމާނެކަމަށް ގްރީސްގެ ސަރުކާރުން ބުނެފިއެވެ.
ގްރީސްގެ އެތަންގައި އިމާރާތް ކުރާ މިމިސްކިތަކީ 500 މުސްލިމުންނަށް އެއްފަހަރާއި ނަމާދު ކުރެވޭނެ މިސްކިތެއްކަމަށާއި އެމިސްކިތް ހުޅުވާނީ 2012 ވަނަ އަހަރުގައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އޭގެ ކުރިން 'ވަގުތީ' މިސްކިތެއް އަޅާނެކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެތަންގައި ގިނަ އަދަދެއްގެ މުސްލިމުން ނަމާދު ކުރާނެ މިސްކިތް ނެތިގެން މަގުމަތީގައި ނަމާދުކޮށް ހަދާކަމަށް ހަބަރުތަކުން ބުނެއެވެ.
ގްރީކްގެ އެތަންގައި ދިރިއުޅޭ ގިނަ މުސްލިމުންނަކީ އެގައުމަށް ހިޖުރަކޮށްފައިވާ މުސްލިމު ޤައުމުތަކުގެ މީހުންނެވެ. މުސްލިމުންނަށް ގްރީކްގައި ދަނީ ގިނަގުނު ދުއްތުރާ ތަކާއި ކުރިމަތިލަމުންނެވެ. މިދިޔަ އީދުގެ އީދު ނަމާދަށް ހާޒިރުވި މީހުންނަށް ގްރީކްގެ ކާފަރުންވަނީ ނަމާދު ކުރާ މުސްލިމުންނަށް ބިސްޖަހާ އަޑުގަދަކުރާއިން ލަވަޖަހާ ހަދާފައެވެ. މިދަތިތަކާއި އެކު ދުވަސްތައް ހޭދަކުރަމުން އައިސް މުސްލިމުންނަށް މިސްކިތެއް ލިބެން އުޅޭތީ މުސްލިމުންތިބީ އުފަލުންނެވެ.
ފޮޓޯ: އެތަންގެ މުސްލިމުން މަގުމަތީގައި ޖަމާއަތް ހަދައިގެން އީދު ނަމާދުގައި،

ކޮމެންޓް (0)
ލޯޑް ކުރަމުން...