ރީތި ރަށް ރިސޯޓް ކައިރިން ދަތުރުކުރި ލޯންޗަކާއި ތެޔޮބާޖެއް ޖެހި އެކްސިޑެންޓްގައި ލޯންޗުން ދަތުރު ކުރި މީހުންނަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ހާމަކުރައްވާ ގޮތުގައި މިހާދިސާގައި އެ ލޯންޗުން ދަތުރުކުރި 9 މީހުންގެ ތެރެއިން 8 މީހަކަށް އެކިވަރުގެ އަނިޔާތައް ވެގެން އައި.ޖީ.އެމް. ހޮސްޕިޓަލުންނާއި އޭ.ޑީ.ކޭ ހޮސްޕިޓަލުން ފަރުވާ ދީފައި ވާކަމަށާއި އަނިޔާލިބިފައިވަނީ އެ ލޯންޗުން ދަތުރުކުރި ދިވެހިންގެ އިތުރުން އިންޑިއާ އަދި ފިލިޕިންސް މީހަކަށް ކަމަށެވެ.
މިހާދިސާގައި އެ ލޯންޗު ވަރަށް ބޮޑަށް ހަލާކުވެފައި ވާއިތު ތެޔޮ ބާޖަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...