ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަނބުރާ ގެންދެވުމަށް ގޮވާލާ މާދަމާ ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ”ޤައުމީ ބޮޑު ހިނގާލުން“ މާދަމާ ރޭ އޮންނާނެކަމަށް އެމްޑިޕީއިން ހާމަކޮށްފިއެވެ.
އެމްޑީޕީއިން ހާމަކޮށްފައިވާ ގޮތުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަނބުރާ ގެންދެވުމަށް އެދި ގޮވާލުމަށް ބާއްވާ އެމްޑީޕީގެ ”ޤައުމީ ބޮޑު ހިނގާލުން“ މާދަމާ (15 ފެބްރުއަރީ 2013 ވާ ހުކުރު ދުވަހުގެ) ރޭ 9:00 ގައި މާލެ ސިޓީގެ އުސްފަސްގަނޑު ސަރަހައްދުންނާއި ރަށްރަށުގެ އެމްޑީޕީގެ ހަރުގެތަކުން ފެށޭނެކަމަށެވެ. އަދި އެމްޑީޕީ މެމްބަރުންނާއި މިކަމަށް ތާއީދު ކުރައްވާ އެންމެހާ ބޭފުޅުން މިހިނގާލުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ދަންނަވާފައިވެއެވެ.
ކުރީގެ ރައީސް ނަޝީދު، އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގެ ޝަރީއަތަށް ފުލުހުންގެ ބެލުމުގެ ދަށުން، “ހައްޔަރު” ކޮށްގެން ރައީސް ނަޝީދު ކޯޓަށް ހާޒިރުކުރުމަށް ފުލުހުން މަސައްކަތް ކުރަން އުޅުމާ ގުޅިގެން އެމަނިކުފާނުވަނީ އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތްހޯއްދަވާފައެވެ.

















މިހިނގާލުމުގައި ބައިވެރިވާނީ ޢަދުލް އިންޞާފަށް ލޯބި ނުކުރާ މީހުން..
ތީ އިސްތިހާރެއްތަ؟ އެމަނިކުފާނޭ، އެބޭފުޅާއޭ ކިޔައިގެން ނޫހުގާ ޖަހާވަރުގެ މީހެއްތަ އަންނި އަކީ………. ގައުމު ހަލާކުކުރާ ފިތުނައިގެ ބޮޑު މުޒާހަރާ ކުރާ ވާހަކަ ރީތި ނަންނަމުގާ ނޫސް ތަކުގާ ނުޖެހުން އެދެން. ހާއްސަކޮށް ދި އިސްލާމްގަ………..
ގައުމު ހަލާކުކުރާ ފިތުނައިގެ ބޮޑު މުޒާހަރާ ކުރާ ވާހަކަ ރީތި ނަންނަމުގާ ނޫސް ތަކުގާ ނުޖެހުން އެދެން.
ހިންގާލުމުގައި ގެވެށި ތިމާވެށި އަނިޔ ނުހިންގައި ހިގާލެވޭތޯ ހުރިހާ ކުދިން މަސައްކަތް ކުރަންވާނެ، ކަސްރަތު ކުރަން ހިންގުން އެއީ ރަގަޅުކަމެއް ކޮލިސްޓުރޯ ހުންނަމީހުން ހަފުތާކު އެއްދުވަހު ނަމަވެސް ދެތިން ގަޑިއިރު ހިންގާލުން ރަގަޅު! ސަލާމް ހުރިހާ ކުދިންނަށް!