ރާއްޖޭގެ ޚަބަރު ފެހިހިރި ޓިއުޝަން ކުލާހުގެ 2011 ވަނައަހަރަށް ރެޖިސްޓްރޭޝަން ފަށައިފި

ފެހިހިރި ޓިއުޝަން ކުލާހުގެ 2011 ވަނައަހަރަށް ރެޖިސްޓްރޭޝަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިސްލާމް

ކުޑަކުންދިންގެ ޕްރީސްކޫލް ޓިއުޝަންދޭ ކުލާހެއްކަމުގައިވާ ފެހިހިރި ޓިއުޝަން ކުލާހަށް 2011 ވަނަ އަހަރު ކުދިން ވައްދަން އެދިވަޑައިގަންނަވާ ބޭފުޅުންނަށް ފޯމު ދޫކުރަން ފަށައިފި ކަމުގައި އެކުލާހުން ހާމަކޮށްފިއެވެ.

ފެހިހިރި ޓިއުޝަންކުލާހަކީ ތުއްތު ކުދިންނަށް ސްކޫލުގެ އިތުރުން އިތުރު އެހީތެރިކަމެއްދީ، ފެންވަރު ރަނގަޅުކުރުމަށް ޓިއުޝަންދޭ ކުލާހެއްގެ ގޮތުގައި ހިންގާ ތަޢްލީމީ މުއައްސަސާއެކެވެ. ތުއްތު ކުދިންނަށް ތަޢްލީމުދޭ ތަފާތު އެކިއެކި މުއައްސަސާތަކާއި ޚިލާފަށް، އިގިރޭސި ބަހާއި ދިވެހިބަސް ލިޔަން ކިޔަން ދަސްކޮށްދިނުމުގެ އިތުރުން ފެހިހިރި ޓިއުޝަން ކުލާހުގައި އެކުދިންނަށް ކީރިތި ޤުރްއާނާއި، ޢަރަބި ބަސްވެސް އެކުދިންގެ ފެންވަރާއި ގުޅޭ ގޮތުން ކިޔަވައި ދެވޭކަމުގައި އެކުލާހުން މަޢުލޫމާތު ދެއެވެ.
އެކުލާސް މިހާރު ހުރި ޢިމާރާތުން އެހެން ޢިމާރާތަކަށް ބަދަލު ކުރެވި، އަދި އެކުލާހުގެ ނަންވެސް ބަދަލު ވާނޭކަމުގައި ކުލާހުގެ މަސްއޫލުވެރިޔާ އައްޝައިޚު ޙަސަން މޫސާ ފިކުރީ ވަނީ ރާއްޖެއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ. "2011 ވަނަ އަހަރު ފެހިހިރި ޓިއުޝަން ކުލާހުގެ ނަން  "ދޮންދޫނި ލިޓްލް ލާނާސް"  އަށް  ބަދަލުކޮށް  ރަޖިސްޓްރީ ކުރުމުގެ ކަންތައް މިހާރު ދަނީ ކުރިއަށް! މިހާރު އެހެން ޢިމާރާތަކަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ފަށައިފިން" އޭނާ ވިދާޅުވިގޮތުގައި އެކުލާހުގެ ކިޔަވައި ދިނުމުގެ މުޤައްރަރުތައްވެސް މިހާރުވަނީ އިޞްލާޙު ކުރެވިފައެވެ. އެންމެ ފާހަގަ ކޮށްލެވޭކަމަކީ، ތުއްތު ކުދިންނަށް ޢަރަބި ބަސް ކިޔަވައި ދިނުމުގެ އިތުރުން، ކީރިތި ޤުރްއާނުން ހިތުދަސްކޮށް ދިނުންވެސް ހިމަނާފައިވުން ކަމުގައިވެސް ޝެއިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވިއެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 7933418 އަށް ގުޅުންވުމަކީ އެކުލާހުގެ އެދުމެކެވެ.

ޓެގް

ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.