ރާއްޖޭގެ ޚަބަރު ޤާނޫނާ ޚިލާފަށް ނަޝީދު ހައްޔަރު ކުރަން އުޅޭކަމަށް ބުނެ އަޑުފަތުރަމުން ދާތީ އެކަން ފުލުހުން ކުށްވެރިކޮށްފި

ޤާނޫނާ ޚިލާފަށް ނަޝީދު ހައްޔަރު ކުރަން އުޅޭކަމަށް ބުނެ އަޑުފަތުރަމުން ދާތީ އެކަން ފުލުހުން ކުށްވެރިކޮށްފި

ޤާނޫނާ ޚިލާފަށް ނަޝީދު ހައްޔަރު ކުރަން އުޅޭކަމަށް ބުނެ އަޑުފަތުރަމުން ދާތީ އެކަން ފުލުހުން ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ދިއިސްލާމް ފައިލް ފޮޓޯ

ދިއިސްލާމް ފައިލް ފޮޓޯ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހައްޔަރު ކުރަން އުޅޭކަމަށް ނަޝީދަށް ތާޢީދުކުރާ ބަޔަކު އަޑުގަދަ ކުރާ ބޭނުންކޮށްގެން  އަޑުފަތުރަމުން ދާތީވެ އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބުނެފައިވަނީ މިއަދު ހަވީރު 04:00 ގައި ހުޅުމާލޭ ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަށް ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކޯޓުން ފުލުހުންގެ މައްޗަށް އަމުރު ނެރެފައިވާތީ އެއަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

މީގެ އިތުރުން ކޯޓުތަކުން ފުލުހުންގެ މައްޗަށް ކުރާ ޤާނޫނީ އަމުރުތައް ތަންފީޒުކޮށް ޤާނޫނު ނެގެހެއްޓުމުގައި ސާބިތު ކަމާއެކު ފުލުހުން ތިބޭނެ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.