އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އާއި ނެޝަނަލް ލައިބްރަރީ ރެކްރިއޭޝަން ކްލަބް އާ ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ސަލްޓަންޕާރކްގައެވެ.
އިސްލާމިކް ފައުންޑޭޝަން އިން ހާމަކޮށްފައިވާ ގޮތުގައި މި ހަރަކާތަކީ އިސްލާމީ ގިއުގަނޑުތަކަށްފެތޭ އަދި ކުޑަކުދިންނަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މުނިފޫހިފިލުވުމުގެ ތެރޭގައި ކުރެވިދާނެ ތަފާތު ހަރަކާތްތަކެއް ދައްކުވައިދޭނޭ ހާއްސަ އިވެންޓެއްކަމުގަ އެވެ.
މިގޮތުން މި ހަރަކާތުގެ ތެރޭގައި ކުޑަކުދިންނަށް ދަރުސްއެއް ދިނުމާއި، ކުޑަކުދިން ބައިވެރިވެގެން އެކުގައި މަދަޙަކިޔުމުގެ އިތުރުން އާރޓް އެންޑް ކްރާފްޓްގެ މަސައްކަތާއި، ކުޑަކުދިންނަށް ކައުންސެލިނގް ދިނުމާއި އިސްލާމިކް ކުއިޒްތަކާއި ޕަޒުލްތަކާއި ވާހަކަ ކިޔައިދިނުންވެސް މިކުޑަކުދިންގެ ހަވީރުތެރޭގައި ހިމެނޭ ނެކަމަށް ޚަބަރު ލިބެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...