ސިޔާސީ ފިކުރަށްވުރެ ޤައުމީ އެއްބައިވަންތަކަން އިސްކުރެއްވުމަށާއި، އަޅުގަނޑުމެންގެ މެދުގައި މިއޮތް އެއްބަނޑުއެއްބަފާކަމުގެ ގުޅުމާއި، ޢާއިލީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ރޫޙުގައި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް ވަޙީދު މިކަމަށް އިލްތިމާސް ކުރައްވާފައި ވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.
މި މެސެޖުގައި، އިސްލާމްދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް ބޭރުގެ ބައެއް ފަރާތްތަކުން ކުރާ މަސައްކަތާމެދު ހޭލުންތެރިވެ ތިއްބެވުމަށްވެސް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ.
މީގެ އިތުރުން ރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށް ދެމި އޮތުމާއި ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އެއްބަނޑުއެއްބަފާ ކަމާއި އަޚްވަންތަކަމުގެ ގުޅުމުގެ ސިއްރަކީ، މާތްވެގެންވާ އިސްލާމްދީން ކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަ ކުރައްވާފައި ވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...