ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޖަމާލު ޢަދާލަތު ޕާޓިއަށް ސޮއި ކުރައްވައިފިއެވެ.
މަދީނާގެ އިސްލާމިކް ޔުނިވަސިޓިއިން ތައުލީމު ހާސިލު ކުރެއްވި ޝައިޚް އިލްޔާސް ޖަމާލު ޢަދާލަތު ޕާޓީއަށް ސޮއި ކުރެއްވިކަން ޢަދާލަތު ޕާޓީ އިން ވަނީ ދިއިސްލާމަށް ކަށަވަރުކޮށްދީފައެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝައިޚް އިލްޔާސް ޖަމާލު މީގެ ކުރިން އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފައެއް ނުވެއެވެ.
ޝައިޚް އިލްޔާސް ޖަމާލު ޢަދާލަތު ޕާޓީއަށް ގުޅިވަޑައި ގެންފައިވާއިރު ދާދިފަހުން އެމްޑީޕީގެ އިސްލާމި މަޝްވަރާ މަޖިލީހުގެ ކުރީގެ ރައީސް އައްޝައިޚް އާދަމް ނަސީމު (ބީއެ) ވެސް ވަނީ ޢަދާލަތު ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...